އިލިޔާސް ކޮމިޓީން ވަކިވުމުން އަނެއްކާވެސް އިންތި 241 ކޮމެޓީއަށް

އިލިޔާސް ކޮމިޓީން ވަކިވުމުން އަނެއްކާވެސް އިންތި 241 ކޮމެޓީއަށް

Author
މުޙައްމަދު ޝަޒައިމް
28 ޖޫން 2021 11:00
0

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދައިރާގެ މެމްބަރު އިލިޔާސް ލަބީބު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވަކިވުމުން އަނެއްކާވެސް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް ހިންގަމުންދާ އިރު މީގެ ކުރިން އިމްތިޔާޒް ވަނީ އެ ކޮމެޓީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. އަދި ސަރުކާރުން އެ އިންކުއަރީއަށް ހުރަސް އަޅާ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އެ ކޮމިޓީއަށް އިމްތިޔާޒް އައްޔަން ކުރެއްވިކަން އިއުލާން ކުރައްވާފަ އެވެ. މިއީ އިމްތިޔާޒް އެ ކޮމިޓީގައި ހިމެނި ދެވަނަ ފަހަރެވެ.

އީވާ ވިދާޅުވީ އިމްތިޔާޒް އެ ކޮމެޓީއަށް އައްޔަނުކުރީ ކޮމެޓީގައި ކުރިން އިންނެވި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް މިދިޔަ ބުރާސްފަތި ދުވަހު ކޮމެޓީން ވަކިވެވަޑައިގެންނެވުމުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.