މަސްތުވާތަކެތި ގަނެވިއްކުން ޢާންމުވެއްޖެ، ޒިންމާ އުފުލޭނެ ވަޒީރަކާ ހަވާލުކުރަންޖެހޭ: ބޮންޑެ

މަސްތުވާތަކެތި ގަނެވިއްކުން ޢާންމުވެއްޖެ، ޒިންމާ އުފުލޭނެ ވަޒީރަކާ ހަވާލުކުރަންޖެހޭ: ބޮންޑެ

Author
މުޙައްމަދު ޖިމީ
27 ޖޫން 2021 11:24
0

މާލޭ މަގުތަކުގައި މަސްތުވާތަކެތި ގަނެވިއްކުން އާންމުވެޖެކަމަށް ވިދާޅުވެ، ޒިންމާ އުފުލޭނެ ހޯމް މިނިސްޓަރަކާ ވުޒާރާ ހަވާލުކުރުމަށް މާފަންްނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.

ރާއްޖޭގައި މސްތުވާތަކެތީގެ މައްސަލަތައް ގިނަވެ، ނޭޝަނަލް ޑްރަގް އެޖެންސީއަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ މަގުތަކުގައި މަސްތުވާތަކެތި ގަނެވިއްކުން އާންމުވެ ރައްޔިތުންގެ ޝަކުވާ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާކަމަށެވެ. ފަރުވާދޭ މަރުކަޒުތައް ހިންގޭނެ ފަރާތްތަކާއި ހަވާލުކޮށް ރަށުތެރޭގެ އަމާންކަން ބެލެހެއްޓޭ، ގާނޫނީ ޒިންމާ އުފުލޭވަރުގެ ހޯމް މިނިސްޓަރަކާއި ވުޒާރާހަވާލުކުރާން ޖެހޭކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ މިހެން ވިދާޅުވެފައިވާއިރު، ކޯވިޑް-19އާއި ގުޅިގެން މާލޭގެ މިސްކިތްތައް ބަންދުކޮށްފައި ހުރުމުން، މިސްކިތްތަކުގެ ތެރޭގައި މސްތުވާތަކެތި ބޭނުންކުރާކަމުގެ މައްސަލަތައް ވަނީ ގިނަވެފައެވެ. މިގޮތުން މިސްކިތްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައިވެސްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާހި
މިހާރު ހޯމް މިނިސްޓަރަކަށް ހުރީ ދިވެހިރާއްޖެއިން ލިބޭނެ އެކަމަށް އެންމެ ޤާބިލް ކުޅަދާނަ ވަޒީރު، ބޮންޑެ ތުރުތުރު އަޅަނީ ދެގޮތެއް ވަޒީރު ނުވާނެތީތޯ !