މިވަގުތު މާޅެ ސަރަހައްދުގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުވަމުން ދިއުމާއެކު، އެންމެ ރަނގަޅުގޮތަކީ ވީހާވެސް އަވަހަށް ޖަމޢާތުގައި ނަމާދުކުރުން ފެށުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ފެށުމަށް މަޝްވަރާކުރަމުން ދިއުމާއިގުޅިގެންނެވެ. ކޯވިޑް-19 މާލެ ސަރަހައްދުގައި ހަލުވޗިކަމާއެކު ފެތުރެމުންދާތީ، ބަލި ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލީ މެއި 12ގައެވެ. އަދި މެއި 26 ގައި ވަނީ މިސްކިތްތައް ބަންދުކޮށްފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ވަނީ، އެކަނިހުރެ ނަމާދުކުރުމަށް ހުއްދަ ދީފައެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މާލެ ސަރަހައްދުގައި ކޯވިޑްގެ ޙާލަތު ރަނގަޅުވަމުން ދިއުމާއެކު، މިހާރު އެންމެ ރަނގަޅުގޮތަކީ ލަސްނުކޮށް ޖަމާޢަތުގައި ނަމާދުކުރުން ފެށުންކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން މިސްކިތްތައް ބަންދުކޮށް ޖަމާޢަތް މެދުކަނޑާލާފައި ބޭއްވުން ރަނގަޅު ނޫންކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
މާތް ﷲ ހެޔޮ ރަޙުމަތްފުޅުން މިިވަގުތު މާލެ ސިޓީގެ ޙާލަތު ރަނގަޅުވަމުންދިއުމާއެކު، އެންމެ ރަނގަޅުގޮތަކީ ލަސްނުކޮށް ޖަމާޢަތް ފެށުންކަމުގައި ދެކެން. ގިނަ ދުވަސް ވަންދެން މިސްކިތް ބަންދުކޮށް ޖަމާއަތް މެދުކަނޑާފަ ބޭއްވުން ރަނގަޅެއް ނުވާނެ.
– ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާޢަތުގަިއ ނަމާދުކުރުމަށް މަޝްވަރާކުރެވެމުންދާކަމަށާއި، ހުއްދަ ދިނުމަށް ނިންމާމީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނަމާދުކުރުމަށްކަމަށެވެ.
މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވަނިކޮށް، މިދިޔަ ހުކުރު ދުވަހު ވަނީ، ބައެއް މިސްކިތްތަކުގައި ޖަމާޢަތުގައި ހުކުރު ނަމާދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ