ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރއަށް ހަމަލާ ދީފައިވަނީ، ވެނެޒުއޭލާ ކޮލަމްބިއާ ބޯޑަރު ކަރީގައި އޮތް އަވަށަކަށް ހެލިކޮޕްޓަރ ތިރި ކުރަނިކޮށް

ކޮލަމްބިއާގެ ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ދިން ހަމަލާގެ ފަހަތުގައި ތިބިބަޔަކު ހޯދުމަށް ބޮޑު އިނާމެއް

ކޮލަމްބިއާގެ ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ދިން ހަމަލާގެ ފަހަތުގައި ތިބިބަޔަކު ހޯދުމަށް ބޮޑު އިނާމެއް

ގުޅުންހުރި

ކޮލަންބިއާގެ ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް އަމާޒުކޮށް ދީފައިވާ ބައެއްގެ މައުލޫމާތު ފޯރުކޮށް ދިން ފަރާތަކަށް އެގައުމުގެ ސަރުކާރުން 796,000 އެމެރިކާ ޑޮލަރުގެ ބޮޑު އިނާމެއް ހުށަހަޅައިފިއެވެ.

ކޮލަމްބިއާގެ ރައީސް އިވާން ޑުކޫ، ރައީސްގެ ރަސްމީ ހެލިކޮޕްޓަރުގައި ދަތުރު ކުރައްވަމުން ދަނިކޮށް، ހުކުރު ދުވަހު ހެލިކޮޕްޓަރަށް ބަޑީގެ ހަމާލާތަކެއް އަމާޒު ކޮށްފައިވަނީ، ހެލިކޮޕްޓަރ، ކޮލަމްބިއާ ވެނެޒުއޭލާ ބޯޑަރު ކައިރީގައި އޮންނަ އަވަށެއްކަމުގައިވާ ކުކުޓާ އެއަރޕޯޓަށް ގާތް ކުރަމުން ދަނިކޮށެވެ.

މިހަމަލާއަށްފަހު އާންމު ކޮށްފައިވާ ފޮތޯތަކުން ފެންނަ ގޮތުގައި، ހެލިކޮޕްޓަރަށް ދީފައިވާ ބަޑީގެ ހަމަލާގެ ވަޒަންތައް އަމާޒުވެފައިވަނީ، ބުރަފައްޗާއި ދިމާލަށާއި އަދި ހެލޮކޮޕްޓަރުގެ ފަހަތު ކޮޅަށެވެ.

ހެލިކޮޕްޓަރަށް އަމާޒުވެފައިވާ ހަމަލާތަައް ދައްކުވައިދޭ، ސަރުކަރުން އާންމު ކޮށްފައިވާ ފޮޓޯއެއް

މި ހަމަލާގައި، ހެލިކޮޕްޓަރުން ދަތުރުކުރަމުންދިޔަ އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. މިހަމަލާ، ޔޫއެން، އެމެރިކާ އަދި އީޔޫއިން ވަނީ ކުށްވެރި ކޮށްފައެވެ.

މި ހަމަލާ ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް އަމާޒުކޮށް ހަމަލާ ދެވުނުއިރު، މި ހެލިކޮޕްޓަރުގައި ދަރުތުރު ކުރައްވަމުން ގެންދެވި، ކޮލަމްބިއާގެ ޑިފެންސް މިނިސްޓަރު ޑިއެގޯ މޮލާނޯ ހޮނިހިރު ދުވަހުވަނީ، ހަމަލާގެ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް 796,000 އެމެރިކާ ޑޮލަރުގެ އިނާމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮލަންބިއާގެ ފުލުހުން ފަހުންވަނީ، މި ހެލޮކޮޕްޓަރު ދަތުރުކުރަމުން ދިޔަ، ކުކުޓާ އަވަށުން ދެ ރައިފަލް ބަޑި ފެނިފައިވާކަން ހާމަ ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އޭކޭ 47ގެ ރައިފަލްއަކާއި، 7.62 ކެލިބަރ ރައިފަލްއެކެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިއީ މި ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ ހަތިޔާރު ތަކެވެ.

ނޭޝަނަލް ޕޮލިސް ޗީފް ޖެނެރަލް ޖޯރގު ވާގަސް ވިދާޅުވެފައިވަނީ، 7.62 ކެލިބަރ ރައިފަލްގައި، ވެނެޒުއޭލާގެ އަސްކަރިއްޔާގެ ލޯގޯ ޖަހާފައި ހުރި ކަމުގައެވެ.

"އަހަރެމެން މިދަނީ މިހަމަލާ ދިން މީހުންގެ ފަހަތުން، އެމީހުން ހިފާ ހައްޔަރު ނުކުރެވެނީސް އަހަރެމެންގެ މަސައްކަތް ހުއްޓައެއް ނުލާނަން،" އޭނާ ވިދާޅުވިއެވެ.

މި ހަމަލާގެ ފަހަތުގައި ވަނީ ކޮންބައެއް ކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

މިހަމަލާގެ ކުރިން، ކޮލަމްބިއާގެ ރައީސް ޑޫކޫ ވަނީ، ކޮލަމްބިއާގެ ކަޓަޓުމްބޯ ސަރަހައްދުގައި އޮތް އިވެންޓެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ސަރަހައްދަކީ، ކޮލަމްބިއާ-ވެނެޒުއޭލާ ބޯޑަރު ކައިރީގައި އޮންނަ ސަރަހައްދެކެވެ. އަދި މިއީ، ޑްރަގް ކޮކެއިން އުފެއްދުމަށް ބޭނުންވާ އެއް މާއްދާ ކަމުގައިވާ ކޮކާ އެންމެ ގިނައިން ހައްދާ ސަރަހައްދެވެ.

ކޮލަމްބިއާއިން މީގެ ކުރިންވަނީ، އެގައުމުގައި ވަކިވެގަތުމަށް ހަގުރާމަ ކުރާ ފަރާތްތަކަށް ވެނެޒުއޭލާއިން ހިމާޔަތް ދޭކަމުގެ ތުހުމަތު ކޮށްފައެވެ. އެހެންމަވެސް ވެނަޒުއޭލާއިން މި ތުހުމަތުތަކަށް ދެކޮޅަ ހަދައެވެ. 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށފަހު، ޑުކޫ ވަނީ، ވެނެޒުއޭލާއާއިއެކު ކޮލަމްބިއާއިން ބާއްވަމުން އައި ސިޔާސީ ގުޅުން ކަޑުއްވާލައްވާފައެވެ.

ކޮލަމްބިއާގައި ހަރަކާތްތެރިވާ އެންމެ ބޮޑު ހަގުރާމަވެރި ޖަމާއަތްކަމުގައިވާ "ލެފްޓިސްޓް ނޭޝަނަލް ލިބަރޭޝަން އާރމީ"  (ELN) ހަރަކާތްތެރި ވަމުން ދަނީ ކަޓަޓުމްބޯ ސަރަހައްދުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *