13 އަހަރުގެ ކުއްޖާގެ ގެންދިޔަކަމަށް ބެލެވޭ ޓެކްސީއެއް ފާސްކޮށްފި

13 އަހަރުގެ ކުއްޖާގެ ގެންދިޔަކަމަށް ބެލެވޭ ޓެކްސީއެއް ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 11:19
0

މިދިޔަ ހޯމަދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހިން މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ކާރެއް ފުލުހުން ބަލައި، ފާސްކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ތަޙްޤީގުގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. ޓެކްސީއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އާއްމުކޮށްފައި ނުވެއެވެ. ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.

13 އަހަރުގެ ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. އަދި އެ ކުއްޖާ ފެނިފައިވަނީ ކުއްޖާއަށް އަނިޔާ ކުރާ ކަމުގެ މަޢުލޫމާތު ލިބިގެން ކުއްޖާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. ކުއްޖާގެ ހަޑިގަނޑު ފެނުނުއިރު ބޮޑެތި ޙާނިކަތަކެއް ދީފަހުރިކަމަށް ފުލުހުން ބުނެއެވެ. ކުއްޖާއަށް ލިބިފައިވާ އަނިޔާތަކާ، ކުއްޖާގެ މަރުގެ ޙަޤީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނީ އެމީހުންނަށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.