އިޔާޒް، މީކާއިލްއަށް: ޢިލްމީ ދިރާސާތަކާއިއެކު ފާޅުކުރާ ޚިލާލުތަކަށް އިޙްތިރާމްކުރަން ނޭގެނީބާ!

އިޔާޒް، މީކާއިލްއަށް: ޢިލްމީ ދިރާސާތަކާއިއެކު ފާޅުކުރާ ޚިލާލުތަކަށް އިޙްތިރާމްކުރަން ނޭގެނީބާ!

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 10:29
0

އަންހެނުން ހިތާނު ކުރަން ހިތްވަރު ދޭ ކަމަށް ބުނެ، ޑރ. އިޔާޒާ ދެކޮޅަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅާފައިވާ މައްސަލަކީ އިލްމީ ދިރާސާތަކަށް އިހުތިރާމު ކުރަން ނޭގުމުން، ހުށަހެޅުއްވި މައްސަލައެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އަންހެނުން ހިތާނަކުރުމަށް ހތްވަރުލިބޭގޮތަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ކުރެއްވި ޓްވީޓެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މީކާއިލް ވަނީ ހުށަހަޅާފައެވެ. މިމައްސަލަ ހުށަހެޅުއްވުމާއި ގުޅިގެން އިޔާޒު ވިދާޅުވީ ޢިލްމީގޮތުން ހެދިފައިވާ ދިރާސާތަކަށް ނުބައްލަވައި އެކަންކަން އެގިވަޑައި ނުގަތުމަކީ ދެރަކަމެއްކަމަށެވެ.

އަދި މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެމްބަރަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ދެއްވީ ތިމަންނާމެންކަމަށްބުނެ ވަކާލާތު ކުރައްވާ މީހުންގެ ތެރޭގައި ހުންނެވި ބޭފުޅެއްކަމަށާއި، މިއީ އެއްވެސް ތާކުން ތާނުކުޖެހޭ މައްސަލައެއް ކަމަށް އިޔާޒު ވިދާޅުވިއެވެ. އަދި މިއީ ކަނޑައެޅިގެން ބިރުދެއްކަމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އިޔާޒު ވިދާޅުވިއެވެ.

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނަންވާނެޔޭ އެމިނިވަންކަން ހޯދައިދިނީ ތިމަންމެންނޭ ކިޔައިގެން ވާހަަކަ ދައްކަވާ ބޭފުޅުން ކީއްވެގެެންބާ ޢިލްމީ ދިރާސާ ތަކަށް އިޙްތިރާމް ކުރައްވަން އެނގިވަޑައިނުގަންނަވަނީ. ތިޔަބޭފުޅުންގެ ޑިމޮކްރަސީގައި އޮންނަ ގޮތަކީ އެއީތޯ؟

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމަ އެކަނި ފިރިހެން ކުދިން ކަމަށެވެ. އަދި އަންހެން ކުދިން ހިތާނު ކުރުން ވާޖިބެއް ނޫން ކަމަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އަންހެން ކުދިން ހިތާނު ކުރާ ކަމަށް އިލްމީ ދިރާސަތުން ދައްކާ ކަމަށް ވެސް ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރުމަށް އެމްޑީޕީ މެމްބަރުން ޕްރެޝަރު ކުރާ ކަމަށާއި އޭނާއާ ދެކޮޅަށް ވާހަކަ ދައްކަނީ ކަންކަމުގެ ހަގީގަތް ނޭނގޭތީ ކަމަށެވެ.
ޑރ.އިޔާޟް ކުރެއްވި ޓްވީޓެއްގެ މައްސަލަ މަޖިލީހަށް ހުށައަލާފައިވާއިރު، މީގެ ކުރިނވެސް ޑރ.އިޔާޟް ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.