ނަފްރަތުގެ ބިލު ބޭރުކޮށްލުމަށް ހުށަހެޅި ހުށަހެޅުން ފާހެއްނުވި

ނަފްރަތުގެ ބިލު ބޭރުކޮށްލުމަށް ހުށަހެޅި ހުށަހެޅުން ފާހެއްނުވި

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 09:26
0

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލު ކޮމެޓީން ބޭރުކޮށްލުމަށް ނުފެންނަކަމަށް ޖުޑަިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބިލާއިމެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާއި، ކައުންސިލްތަކާއި، މަޖިލިސް މެމްބަރުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިބިލު ދިރާސާ ކުރުމަށް ކުރިއަށްގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބިލު ފާސްކުރަން ނުފެންނަށް ކަމަށް ނިންމައި ކޮމިޓީން ބިލު ބޭރު ކުރުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ހުޅަހެޅުއްވިއެެވެ. ރިޒާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ. ވިދާޅުވީ، އެޗްއާރުސީއެމުން ދިން ލަފާގައި އެ ބިލުގެ 126 ވަނަ މާއްދާގައި ހުރި ހުރިހާ އަކުރެއް އުނިކުރަންޖެހޭ ކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މުޅި ބިލު ބިނާކޮށްފައިވާ މައިގަނޑު އަސާސް ގޯސްކަމަށް ފާހަގަކުރެވޭ ކަމަށާއި، އެ ބިލު އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ބިލު ބޭރުކޮށްލުމަށް ހުށަހެޅުއްވި ހުށަހެޅުމާ ދެކޮޅަށް ހަތް މެމްބަރުން ވޯޓު ދެއްވުމުން އެ ހުށަހެޅުން ފާހެއް ނުވިއެވެ. ބޭރުކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 2 މެމްބަރުންނެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

އެޖަމްއިއްޔާއިން ބުނީ، މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސަށް ވެސް ދެވެން ނޯންނެ ކަމަށާއި އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިބިލާއިމެދުގިނަބައެއްގެ ކަންބޮޑުުވުން ހުރިއިރު މިކަމުގައި ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައިނުބެއެވެ. މިހާތަނަށް މިކަމުގައި ރައީސުލްޖުމްހޫރިޔާގެ ވިސްނުން ހުރި ގޮތެއް ކިރިޔާވެސް ސާފުވެގެން މިދިޔައީ މިއަދު އަދާލަތުން ބޭއްވި ބައްދަލުވުމަށްފަހު ކުރި ޓުވީޓުންނެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅި މެމްބަރު ޙިސާން ހުސައިން  މި ބިލާގުޅޭގޮތުން ވިދާޅުވެފައި ވަނީ ބިލުގެ ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހަގީގަތަކީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާން ދީނުގެ އެންމެ މަތީ އިމާމުން ދެއްވާފައިވާ އިރުޝާދުތަކާއި އިސްލާމީ ޝަރީއަތުގެ އިލްމަށް ރިއާޔަތް ކޮށްގެން ކަމަށް ޙިސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޫހި
މިމީހުންގ ނުބައިި ބާރުވެރިކަމުގައިި ކިހާދުވަހަކުު ތިބެވޭނެބ! ބަލަަ ކަލޭމެންނަކީީ ރައްޔިތުންް ހޮވާފަތިބިބައެކޭޭ ރައްޔިތުންް ނޭދޭކަންކަންް ކުރާކަށްް އެއްވެސްް އިހްތުޔާރެއްް ކަލޭންމެންނަށްް ލިބިގެނެއްނުވޭ އަހަރެމެންގެެ ދުއާއަކީީ ކަލޭމެންގެެ ސިޔާސީީ ބާރުވެރިކަންް ނެތިކުރައްވާާ ގައުމުު ސަލާމަތްް ކޮށްދެއްވުންް.
M Mode
Hisaanaky boduvegenvaa ilmveri dhannabeykaleh. Mivaguthu dhuniyeyga huri islam dheen emme bodah dhanna kamana kamah vedhaane. Vedhaane kamana islam ge aa version eh ufehdhevykamahvs.
ޙ ޙަސަނ
މިހާރު ދެން މުސްލިމް ދިވެހި ރައްޔިތުން އެއްޗަކަށް ނުވާނެ. ހުރިހާ ދިވެހި ރައްޔިތުން ބިލު ބޭރުކުރަން ގޮވާލިޔަސް, ބޭރު ނުކުރާނެ. އެކަމަކު އިންޑިޔާގެ ހަރުކަށި ބުޑިސްޓަކު ހަމަ ގޮވާއިރަށް އާދެމަސާހިބު ކިޔާނެ. މުސްލިމް ރައްޔިތެއްގެ މައްޗަށް ޤާނޫނު ހަދަން ކުފޫހަމަވާ ބައެއްބާ މިއީ...