ކޮއްކޯފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނަބލުން ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު އަހްމަދު މުޙައްމަދު ޞާލިޙް އުމުރުފުޅުން 55 އަހަރުގައި އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާހޯއްދަވަން ދުބާއީގައި ހުންނަވަނިކޮށް ރޭގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އާއިލީ ބައެއް ބޭފުޅުންވެސް އަޙްމަދު މުޙައްމަދު ޞާލިޙްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ދުބާއީއަށް ވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދުބާއީއަށް ވަޑައިގެންނެވީ މި ހިނގާ ޖޫންމަހުގެ 21 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ