މިހާރު މި ރާއްޖެ ބޮޑަށް ވައްތަރުވަމުން މިދަނީ "ކައުބޯއީ" ފިލްމަކާއި ކަމުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދަކީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ފެށުނީއްސުރެއް ހަރަކާތްތެރިވާ ބޭފެޅެކެވެ. ނަމަވެސް ސަރުކާރުގެ ތެރޭގައި ހުންނަ މައްސަލަތަކަށް ފާޑުކިޔުމުގައި ޒަރިޔަންދު އަބަދުވެސް އޭނާގެ އަމިއްލަ ޚިޔާލު ފާޅު ކުރަމުންދެއެވެ. ރަހުމް ކުޑަގޮތަކަށް އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައަށް އިޝާރާތް ކުރައްވައި ޒަރިޔަންދު ވިދާޅުވީ ރާއްޖެ މިއަދު ވައްތަރުވަމުންދަނީ ކައުބޯއީ ފިލްމަކާއި ކަމަށެވެ. އޭނާ ވިދާޅުވީ މިރާއްޖޭގައި މިއަދު އެމީހަކު ބޭނުން ވުމުން ބޮންގޮއްވައި މީހުން މަރައި ވައްކަންކޮށް ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.
މިހާރު މި ރާއްޖެ ބޮޑަށް ވައްތަރުވަމުން މިދަނީ "ކައުބޯއީ" ފިލްމަކާ، މަރަންވީމާ މަރަންވީ، ބޮންގޮއްވަންވީމާ ބޮންގޮއްވަންވީ، ވައްކަންކުރަންވީމާ ވައްކަންކުރަންވީ، އިންސާފުގެ ކަންފުޅެއްނެތް.
– ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ މިއަދު ޤައުމުގައި އަމާންކަން ގާއިމްކުރެވޭނެ ހުކޫމެއްވެސް ނެތްކަމަށެވެ. މިއަދު ޤައުމުގެ ވެރިންނަށް ބޮޑުވެފައިވަނީ އެބައިމީހުންގެ އަމިއްލަ މަސްލަހަތު ހުރި ކަންކަން އެކަނި ކަމަށާއި، ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރެވޭތަނެއް ނުފެންނަކަމަށެވެ.
ވެރިން ކަންބޮޑުވާނީ ގޮނޑިހެލެން ފެށީމަ! ކޮތުވާލުން ކަންބޮޑުވާނީ މެޑެލިތަކަށް އަސަރުކުރާނަމަ! މި ރާއްޖޭގައި އަހަރުމެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ހުކޫމަތެއް އެބައޮތްތަ؟
– ޒަރިޔަންދު ވިދާޅުވިއެވެ.
ފަހަކަށް އައިސް މީހުން މެރުމާއި، ވައްކަމާއި، ފޭރުމާއި، ބޮޑެތި ޖަރީމާތައް އާންމުވެ އެކަންކަން ނުހުއްޓުވޭތީ ގިނަ ބަޔަކަށް ވަނީ ބިރުވެރިކަން ވެރިވެފައެވެ. މިކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ހުސްވާހަތަކެއް ދައްކަމުންދާއިރު، އެއްމައްސަލަ ނުނިމެނީސް އަނެއް މައްސަލަ ފެންމަތިވާކަމީ ރައްޔިތުންނަށް މިއަދު އޮތް އެންމެ ބޮޑު ބިރުވެެރިކަމެވެ.
ކޮމެންޓު ފޮނުވާ