ލާދީނީ ފިކުރު ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން، ފަހަތަކަށްވެސް ނުޖެހޭނަން: ޒައިދު

ލާދީނީ ފިކުރު ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން، ފަހަތަކަށްވެސް ނުޖެހޭނަން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2021 09:01
0

އިސްލާމްދީނާއި ޚިލާފަށް ހިންގޭ ލާދީނީ އަމަލުތަކުގެ ތަކުގެ ކުރިމަތީގައި ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމުގެ ނަމުގައި ޤާނޫނުލް އުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ ބިލާއި ގުޚިގެން މިހާތަނަށް އެންމެ ބޮޑަށް މިކަމާއި ދެކޮޅު ހައްދަވަމުންދާ ޝައިޚު ޒައިދު ވިދާޅުވީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގެ ބޭރުން ކަންކަންކޮށް ވަކި ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތަށް ދިވެހިން ޖާގަ ނުދޭނެކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގެ ކުރިމަތީގައި ދިވެހިން ކުޑަކަކޫ ނުޖަހާނެކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.

ލާދީނީ ފިކުރު ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން! އަދި ފަހަތަކަށްވެސް ނުޖެހޭނަން! އިންޝާ ﷲ! މި އަޒުމާއިއެކު އެންމެން ދާނީ ވަރަށް ކުރިއަށް! ލޯބި ވާންވީ ﷲ އަށްޓަކައި! އަދި ރުޅި އަންނަންވީވެސް ﷲ އަށްޓަކައި.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޝައިޚު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ނުހަނު ލޯބިވާ ރައްޔިތެއް އުޅޭ ސައްތައިން ސައްތަ މުސްމިލިމު ޤައުމެއްކަމަށެވެ. ދީނުގެ އަސާސްތަކައި ކުޅެލައި، ދީނީ ހަމަޖެހުން ނަގާލަން އެއްވެސް ބަޔަކަށް ދިވެހިން ޖާގަ ނުދޭނެކަމަށާއި، އެފަދަ ފިކުރުތަކަށް ދިވެހި ރައްޔިތުން އަބަދުވެސް ނޫނެކޭ ބުނާނެކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ދިވެހިންނަކީ ބަރާބަރަށް ދީނުގެ ހުރިހާކަމެއް ނުކުރެވުނަސް ﷲ އާއި ރަސޫލާދެކެ ލޯބިވާބައެއް! އިސްލާމީ އަސާސްތަކާއި ކުޅެން ދިވެހިން ދުލެއް ނުކުރާނެ! ނަފްރަތު ބިލް ލައިގެން ލާދީނީ ފިކުރު ކުރިއަރުވަން ދިވެހިން ޖާގައެއް ނުދޭނެ.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި އިސްލާމިކް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ. މިބިލާއިމެދު ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އަދާލަތު ޕާޓީއާއި ބައްދަލު ކުރައްވައި މިބިލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިބިލާއި ގުޅިގެން ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ގެންދަވަނީ ލާދީނީ ގޮވުމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އަދި މިބިލާއި ދެކޮޅަށް ދީނީ އިލްމުވެރިން ދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މިހާތަނަށް ދެ ޕެޓިޝަނަށް ބަލާއިރު ރައީސް ނަޝީދުގެ ޕެޓިޝަނަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ. އިލްމުވެރިންގެ ޕެޓިޝަނަށް ގިނަ ބައެއްގެ ތަރުހީބުވަނީ ލިބިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.