ވައްކަމުގެ މައްސަލައެއްގައި ދެމީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

ވައްކަމުގެ މައްސަލައެއްގައި ދެމީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2021 01:24
0

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ވައްކަމުގެ މައްސަލާގައި ހޯދަމުންދަނީ ގއ. ދާންދޫ، ފިޔާތޮށިގެ، ޖިނާޙް ރަޝީދު (34އ) އާއި، ތ. ކިނބިދޫ / ނޫވިލާގެ، ޢަބްދުލްމާނިޢު މުޙައްމަދު (34އ) އެވެ.

މި ދެމީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ދެމީހުންވެސް ތ. ކިނިބިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 ޖޫން 28 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.