ހުޅުމާލޭ ރައްޔިތުންގެ ދަފްތަރު ހުޅުވާލައިފި، މިހާރު ފަސޭހަކަމާއިއެކު ރަށްވެއްސަކަށް ވެވޭނެ

ހުޅުމާލޭ ރައްޔިތުންގެ ދަފްތަރު ހުޅުވާލައިފި، މިހާރު ފަސޭހަކަމާއިއެކު ރަށްވެއްސަކަށް ވެވޭނެ

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2021 01:15
0

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމެއްގެ ގޮތުގައި އޮތް ރަށްވެއްސަކަށް ވުމުގެ، ދަތިކަމުން އަރައިގަނެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަށްވެހިކަން ހޯދައިދިނުމުގެ ފިރުސަތު ތަނަވަސް ކޮށްދީފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ހުއްޓިފައިވާ މި ފުރުސަތު ހުޅުވާލައި، ހުޅުމާލޭ ރައްޔިތުންގެ ދަފްތަރު ހުޅުވާލައި ދެއްވީ އެދިރާއިގެ ފުރަތަމަ ކައުންސިލަރު އިބްރާހިމް ޝުޖާއެވެ. މި ވައުދަކީ ޝުޖާގެ އިންތިޚާބީ ވައުދެއްވެސް މެއެވެ. ޝުޖާ ވަނީ ކެމްޕެއިން ދުވަސްވަރު ހުޅުމާލޭ ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި އެކަންކަން ނޯޓުކުރުމަށްފަހު، އެވައުދުތައް ފުއްދަވާނެކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ރަށްވެހިކަން ދެވޭ މީހުންނަށް ލިޔުންވެސް މިހާރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ޝުޖާގެ މިނިންމުމާއިއެކު ގިނަ ބައެއްގެ ތައުރީފް ވަނީ އޭނާއަށް ލިބެމުންނެވެ.

ހުޅުމާލޭ ދާއިރާއަށް ޝުޖާ އިންތިޚާބު ވުމަށްފަހު މިވީ މަދު ދުވަސްތަކުގެ ތެރޭގައި ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހއްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ މަސްވެރިންނާއި، ދަނޑުވެރިންނާއި، އޮޑިވެރިންނާއި، އެކި މަސައްކަތުގައި ޝާމިލުވާ މީހުންނަށް ފަސޭހަ ލުއިގޮތްތަކެއް ތަނަވަސް ކޮށްދެއްވުމަށް ވެފައިވާ ވައުދުތަކާއި އެއްގޮތަށް ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ޝުޖާ ގެންދަވަނީ ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.