ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހޯދަނީ

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2021 11:33
0

ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯއާއިއެކު ފުލުހުން އާންމުކޮށްފައިވާ މިމީހާއަކީ 2021 އޭޕްރީލް 26 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485538 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S Sha
ޢަހުމަދު ހުނޭނު، މ. ފާގަތިގެ ،މާލެ، މި އީ އެންމެނަށް އެނގިގެން އެތައް ބައެއް އަތުން ޑޮލަރު ހޯދައދޭނަމޭ ބުނެ ފައިސާ ނަގާ ފޮލިހުންނަަަށް ތަޖުރާރުކޮށް މައްސަލަ ހުށަހެޅިފަވާ މީ ހެއް. ޙުނޭނުގެ ހުރިހާ މައުލޫމާތެއް ކަމާ ބެހޭ ފަރާތަތަކުގަ އެބަހުރި. ކީއްވެތޯ ފިޔވަޅު ނާޅަނީ.