މާލޭގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އިންތިޚާބު ކޮށްފިއެވެ.
ކައުންސިލަރުންގެ މެދުގައި މިއަދު ނެގި ވޯޓުގައި ނަރީޝް އަށް 12 ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ނަރީޝްއާ ވާދަ ކުރެއްވި މައްޗަށް ގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ޒަމީރަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ. ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ހޮވާނެ ބޭފުޅަކު ކަނޑައެޅުމަށް މާލޭގެ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި އިއްޔެ ނެގި ވޯޓު ވެސް ކާމިޔާބު ކުރެއްވީ ނަރީޝްއެވެ.
ނަރީޝް އާއި ވާދަ ކުރެއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާއެވެ. ވިލިމާލެ ޝުޖާއަށް 4 ވޯޓް، ނަހުލާއަށްވެސް ލިބުނީ 4 ވޯޓެވެ. ނަރީޝްއަށްވަނީ 5 ވޯޓް ލިބިފައެވެ.
މާލެ ސިޓީ އެކައުންސިލްގައި މޭޔަރާއެކު ހިމެނިވަޑައިގަންނަވާ 19 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ.
އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.
ކޮމެންޓު ފޮނުވާ