މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2021 09:53
0

ނ.މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާކަމަށް މިމަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 91 ޕަސެންޓާޢި ބޭރުތޮށި ލުމުގެ މަސައްކަތުގެ 75 ޕަސެންޓް މިހާރުވަނީ ނިމިފައި ވާކަމަށެވެ.

މިލަދޫ ބަނދަރު މަޝްރޫއުގައި 37،222 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ބޭރުތޮށި ލުމާއި 137 މީޓަރުގެ ރިވެޓުމަންޓު ޖެހުމުގެ އިތުރުން 286 މީޓަރުގެ އެއްގަމު ތޮށި ލާނެ އެވެ. އަދި 1،430 އަކަ މީޓަރަށް ޕޭމަންޓު ހަދައި ނެރު ބައްތި ޖަހައި މަގުމަތި ބައްތި ހަރު ކުރާނެ އެވެ.

މާޗު 25، 2020 ގައި ހަވާލުކޮށްފައިވާ މިލަދޫ ބަނދަރުގެ މަސައްކަތުގެ އަގަކީ 42.1 މިލިއަން ރުފިޔާ އެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީސީސީން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްްތަކު މަސައްކަތްތަކުގެ ތަފުސީލުތައް ޕަސެންޓުން، ކައިރި ކައިރީގައި ކޮންމެ ދުވަހަކު ޓްވިޓާގައި އަޕްޑޭޓް ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.