ފިހާރައަކަށް ގެއްލުންދީ ވައްކަންކުރި، މީހަކު ހޯދަނީ

ފިހާރައަކަށް ގެއްލުންދީ ވައްކަންކުރި، މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2021 09:34
0

ޝަމީމީ ގޯޅީގައި ހުންނަ ފްލޮރިޝް ފިހާރައަށް ގެއްލުންދީ އެފިހާރައިން ވައްކަންކޮށްފައިވާ މައްސަލާގައި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯއާއިއެކު ހޯދުމަށް ފުލުހުންގެ އެހީއަށް އެދިފައިވާ މީހާއަކީ 2021 މެއި 19 ވަނަ ދުވަހުގެ 05:15 އެހާކަންހާއިރު ޝަމީމީ ގޯޅީގައި ހުންނަ ފްލޮރިޝް ފިހާރައަށް ގެއްލުންދީ އެފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުުހުން ވަނީ އެދިފައެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 487544 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.