ދޮޅޮއަހަރަށްފަހު ޝަޒައިލްގެ ސަސްޕެންޝަން އުވާލައިފި

ދޮޅޮއަހަރަށްފަހު ޝަޒައިލްގެ ސަސްޕެންޝަން އުވާލައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖޫން 2021 09:09
0

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުވުމާއި ގުޅިގެން ޝަޒައިލްގެ ސަސްޕެންޝަން އުވާލައި ވަޒީފާ އަލުން ރުޖޫޢަކޮށްދީފިއެވެ.

ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެގެން އައީ މި ސަރުކާރުގައި އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ގާއިމް ކޮށްފައިވާ “ވިސްލްބްލޯ ޕޯޓަލް” އަށް ހުށަހެޅި މައްސަލައަކާ ގުޅިގެނެވެ. އެ މައްސަލައާ ގުޅިގެން ޝަޒައިލް ސަސްޕެންޑް ކުރިއެވެ. އެއީ އޮކްޓޯބަރު 16، 2019 ގައެވެ. އެހާއިރުން ފެށިގެން ޝަޒައިލް އަދިވެސް ސަސްޕެންޝަންގައި ހުންނެވިއިރު އޭނާ އަދި މަގާމުން ވަކިކޮށްފައެއް ނުވެއެވެ.

ޝަޒައިލްގެ މައްސަލަތަކުގެ ތެރެއިން އޭސީސީން ތަހުގީގު ކުރި މައްސަލަތައް: 

– ފައިސާގެ މުއާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައެއް

– މުވައްޒިފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލުކުރި މައްސަލައެއް

– މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް

ޝަޒައިލްއާއި ގުޅޭގޮތުން އޭސީއަށް ހުށަހެޅުނު ކޮރަޕްޝަންގެ މައްސަލަވެސް ވަނީ ސާބިތު ނުވާކަމަށް ނިންމާފައެވެ. ނަމަވެސް އެމައްސަލަ ބެލިއިރު، ފާހަގަކުރެވުނު ހަތަރު ކަމެއް ވަކި ނަގައި އެކަންކަން ބެލިއިރު، މަނީ ލޯންޑަރިންގެ މައްސަލައަކާއި، ކޮރަޕްޝަނަށް މަގުފަހިވާ އިތުރު ތިން މައްސަލައެއް ފާހަގަކުރެވިފައިވި އެމައްސަލަތައް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް މިމައްސަލަތައް ބެލިއިރުވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ފާހަގަނުވުމުން ފުލުހުންވެސް ވަނީ މައްސަލަތައް ފައިލްކޮށްފައެވެ.

ޝަޒައިލްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުކުރެވޭ ވަރާއި ގާތަށްވެސް މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކުރެވުނު ތަހުގީގްތަކުން ހޯދިފައިނުވުމުން އޭނާގެ ސަސްޕެންޝަން އުވާލައި މިހާރުވަނީ ވަޒީފާއަށް ނިކުންނަން ފައްޓަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.