އެމްޓީސީސީން ހިއްސާ އަކަށް 3 ރުފިޔާ ބަހަން ފާާސްކޮށްފި

އެމްޓީސީސީން ހިއްސާ އަކަށް 3 ރުފިޔާ ބަހަން ފާާސްކޮށްފި

Author
ޢަލީ އާދަމް
20 ޖޫން 2021 05:44
0

އެމްޓީސީސީގެ މިދިއަ އަހަރުގެ ސާފު ފައިދާއިން އެކުންފުނީގެ ހިއްސާދާރުންނަށް ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މި ގޮތަށް ފާސްކުރީ "ފަހިވޯޓް" މެދުވެރިކޮށް މިއަދު ބޭއްވި އެމްޓީސީސީގެ 2020 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވަޑައިގެންނެވި، 86 މެމްބަރުންގެ ވޯޓުންނެވެ.

އެމްޓީސީސީން ބުނީ 2020 ވަނަ އަހަރަކީ އެ ކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށެވެ. މިދިޔަ އަހަރު އެކުންފުނިން ވަނީ، 1.38 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. އޭގެ ތެރެއިން ސާފު ފައިދާގެ ގޮތުގައި 190.69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، 258 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި، ކުރިއަށް އޮތް އަހަރަށް އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓަރހައުސް ކޫޕާސް (ޕީޑަބްލިއުސީ) ކަނޑައަޅަންވެސް ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.