އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި ގެއްލުންވި ތެހެރާންގެ 97% އިމާރާތް މަރާމާތުކޮށް ނިންމައިފި

އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި ގެއްލުންވި ތެހެރާންގެ 97% އިމާރާތް މަރާމާތުކޮށް ނިންމައިފި

Author
އަހުމަދު
26 މެއި 2026 08:57
0

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ގެއްލުންލިބުނު އިމާރާތްތަކުގެ ތެރެއިން، "ކުދި މަރާމާތުތައް" ބޭނުންވި އިމާރާތްތަކުގެ 97 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާކަމަށް ތެހެރާން މުނިސިޕަލިޓީން ހާމަކޮށްފިއެވެ.

ތެހެރާން މުނިސިޕަލިޓީގެ ތަރުޖަމާނަކާ ހަވާލާދީ އީރާނުގެ ނޫސް އޭޖެންސީއެއް ކަމަށްވާ 'ފާރސް ނިއުސް އޭޖެންސީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ ނުނިމި ހުރި މަދު އިމާރާތްތަކެއްގެ ފަހުގެ މަސައްކަތްތަކެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ ސްޕީޑުގައި މަސައްކަތް ކުރިއަށްދާނަމަ، އަންނަ ހަފްތާގެ ނިޔަލަށް މަރާމާތުކުރަންޖެހޭ ހުރިހާ ޔުނިޓުތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.

މި ހަމަލާތަކުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި ވެރިރަށުގެ އުމްރާނީ ތަރައްގީއަށް ބުރޫއަރާފައިވީނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަނީ ވަރަށް އަވަސް ދުވެއްޔެއްގައި ގެއްލުންވި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް އަލުން އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ. މުނިސިޕަލިޓީން ދަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.