ބީއެމްއެލް އިން ގެންނަން އުޅުނު ކަމަށް ބުނާ "ބަޣާވާތް" ގެ މައްސަލަ ފުލުހުން ފައިލްކޮށްފި

ބީއެމްއެލް އިން ގެންނަން އުޅުނު ކަމަށް ބުނާ "ބަޣާވާތް" ގެ މައްސަލަ ފުލުހުން ފައިލްކޮށްފި

Author
އަހުމަދު
21 މެއި 2026 02:04
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ތުހުމަތުކޮށް ތަޙުޤީޤުކުރަން ފެށި މައްސަލައިގައި އެއްވެސް ޖިނާއީ ކުށެއް އެކުލެވިގެން ނުވާތީ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ފައިލްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭރު ވިދާޅުވެފައިވަނީ، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން ރޭވި ބަޣާވާތެއް ކަމަށެވެ. އެ ތުހުމަތުތަކާ ގުޅިގެން، 27 އޮގަސްޓު 2024 ގައި ފުލުހުން ވަނީ އެ މައްސަލަ ތަޙުޤީޤުކުރަން ފަށާފައެވެ.

ނަމަވެސް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާންމު ފަރާތަކުން ފޮނުވި ސުވާލަކަށް ޖަވާބުދެމުން ފުލުހުން މިހާރު ވަނީ މި މައްސަލައިގައި ޖިނާއީ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ސަބަބާ ހުރެ އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސަރުކާރުން ކުރި މި ބޮޑު ތުހުމަތާ ގުޅިގެން، އޭރު ބީއެމްއެލްގެ ސީއީއޯގެ މަޤާމުގައި ހުންނެވި ކާލް ސްޓުމްކަ އާއި އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު އައިޝަތު ނޫރައްދީން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.