ދައުލަތަށް ނުލިބި ހުރި 543 މިލިއަން ރުފިޔާ މީރާއިން ހޯދައިފި

ދައުލަތަށް ނުލިބި ހުރި 543 މިލިއަން ރުފިޔާ މީރާއިން ހޯދައިފި

Author
އަހުމަދު
25 މެއި 2026 10:52
0

ދައުލަތަށް ނުލިބި ހުރި ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް 543 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ފައިސާ ހޯދާފައިވަނީ ތަފާތު އެކި ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް ލިބުނީ ފައިސާ ދެއްކުމަށް އަންގައި ފޮނުވި ނޯޓިސްތަކުންނެވެ. އެއީ 372 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޑިއުސް ކްލިއަރެންސްގެ ގޮތުގައި 96 މިލިއަން ރުފިޔާ، އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ދައްކާގޮތަށް 64 މިލިއަން ރުފިޔާ، ފޯނުން ގުޅައިގެން ހަނދާންކޮށްދީގެން 5 މިލިއަން ރުފިޔާ އަދި އެކްޝަން ޕޮލިސީގެ ދަށުން 4 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައެވެ.

ޓެކްސް ނުދައްކާ ފަރާތްތަކާމެދު މީރާއިން އަންނަނީ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ. މިގޮތުން 2024 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް އާމްދަނީން ޓެކްސް ނަގާ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން ވެސް އެ އޮތޯރިޓީން ވަނީ ދާދިފަހުން އާންމުކޮށްފައެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުގެ އިތުރުން އެކި ވިޔަފާރިތައް ވެސް ހިމެނެއެވެ. މިއީ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ ގޮތުންނާއި، ޓެކްސް ނުދައްކާ ފަރާތްތައް ހާމަކުރުމަށް މީރާއިން ގެންގުޅޭ ހާއްސަ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.