ރާޖް ކުންދްރާއަށް ކުރަންނޭނގޭ ހަމައެކަނި ކަމަކީ މިއީ!

ރާޖް ކުންދްރާއަށް ކުރަންނޭނގޭ ހަމައެކަނި ކަމަކީ މިއީ!

"ސުޕަރ ޑާންސަރ ޗެޕްޓާ 4″ގެ އެންމެ ފަހުގެ އެޕިސޯޑްގައި ވާހަކަ ދައްކަމުން ޝިލްޕާ ޝެއްޓީ ބުނެފައިވަނީ އޭނާގެ ފިރިމީހާއަށް ކުރަންނޭގޭ ހަމައެކަނި ކަމަކީ ލަވަ ކިޔުން ކަމަށެެވެ.

އެގޮތުން އޭނާއަކީ އެންމެ "ޕަރފެކްޓް" ފިރިމީހާއަށް ވީނަމަ ވެސް ރާޖަށް އެއްވެސް ގޮތަކަށް ލަވަ ނުކިޔޭ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. މި ޝޯވގެ އެންމެ ފަހުގެ އެޕިސޯޑް ހާއްސަކޮށްފައި ވަނީ ބައްޕައިންގެ ދުވަހަށެވެ.

މި އެޕިސޯޑުގައި، މި ޝޯގެ ބައިވެރިން ނަށާފައިވަނީ 90ގެ އަހަރު ތަކުގައި މަޝްހޫރުވެފައިވާ ކުމާރު ސާނޫ، ޝާނޫދާގެ ލަވަތަކަށެވެ. އަދި ޝާނޫދާ ވަނީ މީގެ ތެރެއިން ބައެއް ލަވަތައް ކިޔާފައެވެ.

މި އެޕިސޯޑުގައި ޝިލްޕާ ޝާނޫދާއަށް "ވޯތޯ ހޭ އަލްބޭލާ" ލަވަ ކިޔުމަށް ރިކުއެސްޓް ކުރެއެވެ. މިއީ ޝިލްޕާގެ ފިރިމީހާ ރާޖްގެ އެންމެ ފޭވަރިޓް އަލްބަމްއެވެ. އެގޮތުން ރާޖަށް ލަވަ ނުކިޔުނަސް މި އެޕިސޯޑުން އޭނާއަށް މި މެސެޖު ފޯރާނެ ކަމަށް ޝިލްޕާ އުއްމީދު ކުރާކަމަށް ވެސް ޝިލްޕާ ވަނީ ބުނެފަ އެވެ.

މި ލަވަތައް ރިއަލިޓީ ޝޯވއެއްގައި ކިޔާ މީ ފުރަތަމަ ފަހަރު ކަމަށް ޝާނޫދާ ވަނީ ބުނެފައެވެ. ލަވަ ކިޔުމަށްފަހު ޝާނޫދާ ބުނެފައިވަނީ ދުވަހަކު ވެސް އަދި ރާޖާ ދިމާ ނުވަކަމަށެވެ. އެހެން ކަމުން ރާޖް ލަވަ ކިޔާ ގޮތް ނޭގެ ކަމަށް ޝާނޫދާ ވަނީ ބުނެފައިއެވެ. އަދި ރާޖް ބޭނުންވާނަމަ، އޭނާ ރާޖަށް ލަވަ ކިއުމަށް އެހީތެރިވެ ދިނުމަށް ތައްޔާރަށް ހުރިކަމަށް ވެސް މި ޝޯވ ގައި ޝާނޫދާ ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *