ރެސްޓޯރެންޓް އެސޯސިއޭޝަންގެ ކަންބޮޑުން މާލެ ސިޓީ ކައުންސިލާއި ހިއްސާކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން އެކި ދުވަސްވަރުތަކުގައި އެޅި ފިޔަވަޅުތަކާއި ގުޅިގެން ރެސްޓޯރެންޓްތައް ބަންދުކޮށް ބޮޑެތި ގެއްލުންތަކެއް ރެސްޓޯރެންޓްތަކަށް ވަނީ ކޮށްފައެވެ. މާލޭގައި ބޮޑުކުލީގައި ރެސްޓޯރެންޓްތައް ހިންގާއިރު، މުވައްޒިފުންނަށް ދޭންޖެހޭ މުސާރަ ނުދެވި ގިނަ ރެސްޓޯރެންޓް ހިންގާ ބޭފުޅުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.
ރެސްޓޯރެންޓް އެސޯސިއޭޝަނުން ވަނީ މިމައްސަލަތައް ހައްލުކޮށް ދެއްވުމަށް މީގެ ކުރިން ސަރުކާރުގެ ކަމާއި ގުޅުންހުރި އެކި އިދާރާތަކާއި ބައްދަލުކޮށްފައެވެ. އަދި ހާލަތާއި އެއްގޮތަށް ކުޑަލުޔެއް ނަމަވެސް ދީގެން ކޮންމެވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ވަނީ އެދިފައެވެ. ނަމަވެސް މިހާތަނަށް ރެސްޓޯރެންޓު ހިންގާ ފަރާތްތަކަށް ސަރުކާރުން މާބޮޑު އެހީތެރިކަމެއް ދެއްވާފައި ނުވެއެވެ.
ރެސްޓޯރެންޓްތަކުގެ ހުރި ކަންބޮޑުވުންތަކާއިގެން މިއަދު މާލެ ސިޓީ ކައުންސިލްގައި އޮތް ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން ކުރުމަށް ރާވާފައިވާ ކަންތައްތަކާއި، ހުރި ކަންބޮޑުވުންތައް ވަނީ ސިޓީ ކައުންސިލާއި ހިއްސާ ކުރައްވާފައެވެ. މިކަމުގައި ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވަނީ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ