ކަރަންޓް މައްސަލައިގެ %80 ޙައްލުކޮށްފި، އަދިވެސް ބައެއް ސަރަހައްދުތަކަށް ޚިދުމަތް ނުލިބޭ

ކަރަންޓް މައްސަލައިގެ %80 ޙައްލުކޮށްފި، އަދިވެސް ބައެއް ސަރަހައްދުތަކަށް ޚިދުމަތް ނުލިބޭ

Author
މުޙައްމަދު ޖިމީ
23 އޮކްޓޯބަރ 2020 12:57
0

މާލޭގައި މިއަދު ހެނދުނުން ފެށިގެން ކަރަންޓް ޚިދުމަތަށް ބުރޫއަރާފައިވާއިރު އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓް ނުލިބެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައާއި ގުޅިގެން މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑުނުނަމަވެސް މިހާރު އެމައްސަލަ ޙައްލުކޮށް ބޮޑުބަޔަކަށް ކަރަންޓުގެ ޚިދުމަތް މިހާރު ދީފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ބައި ގަޑިއިރެއްހާއިރުގެ ތެރޭގައި ކަރަންޓްގެ ޚިދުމަތް ނުދެވި ހުރި ސަރަޙައްދުތަކަށް ކަރަންޓް ދެވޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މިހާތަނަށް ދިމާވި މައްސަލައިގެ %80 ހައްލުކޮށްފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. މިހާރު މާލޭގެ ބޮޑުބަޔަކަށް ކަރަންޓްގެ ޚިދުމަތް ދީފައިވާއިރު އަދިވެސް ދޭތެރެދޭތެރެއިން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ.

ކަރަންޓް ކެނޑި އެތައް ގަޑި އިރެއްވެފައިވާއިރު، އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކައި ޢާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ވަނީ ކުރިމަތިލަންޖެހިފައެވެ. އަދި ދިރާގާއި އުރީދޫގެ ނެޓްވޯކަށްވެސް ވަނީ ބުރޫއަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.