ދުނިޔޭގެ އެކި ގައުމުތަކުގައި ފަރުނީޗަރ ވިޔަވާރި ކުރާ މަޝްހޫރި ވިޔަފާރި ޗެއިން، އިކިއާއިން ފްރާންސުގައި އެކުންފުނީގެ މުވައްޒަފެއްގެ މައުލޫމާތު ޖާސޫސް ކޮށްގެން، އެގައުމުގެ ކޯޓަކުން އިކިއާ ފްރާންސް 1.2 މިލިއަން ދޮލަރުން ޖޫރިމަނާ ކޮށްފިއެވެ.
އިކިއާ ފްރާންސްގެ މައްޗަށް ތުހުމަތު ކުރެވުނީ، މުވައްޒިފުންގެ ޒާތީ މައުލޫމާތު، ޕްރައިވެޓް ޑިޓެކްޓިވްތައް ބޭނުން ކޮށްގެންނާއި، އަދި ފުލުހުންގެ އޮފިސަރުން މެދުވެރިކޮށް، ސިއްރިޔާތުގައި ހޯދަމުން ދިއުމުގެ ތުހުމަތެވެ.
މީގެ ތެރޭގައި، މުވައްޒިފުން ވަޒީފާއަށް ޝަރުތު ފުރިހަމަ ވޭތޯ ބެލުމަށް، ގާނޫނާއި ޚިލާފަށް މުވައްޒަފުންގެ ކުށުގެ ރެކޯޑުތައް ސާފުކުރަމުން ދިއުންވެސް ހިމެނެއެވެ.
ދުނިޔޭގައި އިކިއާގެ ފިހާރަތައް ހިންގަމުންދާ ގްރޫޕް ކަމަށްވާ އިންގކާ ގުރޫޕުން އިންވަނީ މުވައްޒަފުންގެ މައުލޫމާތު އިކެއާ ފްރާންސުން ޖާސޫސް ކުރަމުން ދިއުން ކުއްވެރިކޮށް އަދި ކަސްޓަމަރުންގެ ފަރާތުން މާފަށްވެސް އެދިފައެވެ.
ރޮއިޓާސް ނޫސް އެޖެންސީ މެދުވެރިކޮށް އާންމުކޮށްފައިވާ ބަޔާނެއްގައި އިންގކާ ގުރޫޕުން ބުނެފައިވަނީ، "މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެކަން ޔަގީން ކުރުމަށްޓަކާ މިހާރު ޚާއްސަ އެކްޝަން ޕްލޭންއެއް ތަންފީޒު ކުރަން ފަށާފައި" ވާކަމަށެވެ.
މި ހަފްތާގެ އަންގާރަދުވަހު، އިކިއާ ފްރާންސްގެ ކުރީގެ ހެޑް އޮފް ރިސްކު، ޖީން-ފްރެންކޮއިސް ޕެރިސް އަށް ކޯޓުންވަނީ ތަންފީޒުކުރުން ފަސް ކުރެވޭގޮތަށް 18 މަސްދުވަހުގެ ޖަލު ހުކުމަކާ އެކު 10،000 ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ. އޭއެފްޕީ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުންފުނީގެ މުވައްޒިފަކު ބީއެމްޑަބްލިއު ކާރެއް ގަތީ ކިހިނެއްތޯއާއި، އަދި ސްޓާފެއްގެ އާއިލާގެ މެމްބަރަކު ކުއްލި ގޮތަކަށް މުޒާހިރާތަކުގައި ބައިވެރިވާން ފެއްޓުމާއި ގުޅޭގޮތުންވެެސް އޭނާ ވަނީ ސުވާލު ކޮށްފައެވެ.
މީގެ އިތުރުން އިކިއާ ފްރާންސްގެ ކުރީގެ ސީއީއޯ ޖީން-ލުއިސް ބެއިލޮޓްގެ މައްޗަށްވެސް ކޯޓުންވަނީ ތަންފީޒު ކުރުން ލަސް ކުރެވޭ ގޮތަށް 2 އަަހަރުގެ ޖަލު ހުކުމެއް އިއްވާ 50،000 ޕައުންޑުވަނީ އޭނާ ޖޫރިމާނާވެސް ކޮށްފައެވެ. އޭނާގެ ގާނޫނީ ވަކީލް ބުނެފައިވަނީ، މި ހުކުމްގެ ސަބަބުން އޭނާއަށް ކުއްލި ހައިރާންކަމެއް ލިބިގެން ގޮސްފައިވާ ކަމަށާއި އަދި މި ހުކުމް އިސްތިއުނާފް ކުރުމަށްޓަކާ ކުރަންޖެހޭ މަސްކަތްތައ މިހާރު ކުރިޔަށް ދާކަމަށެވެ.
އަދި ފްރާންގެ ޕްރޮސެކިއުޓަރުންވަނީ، ތަންފީޒުކުރުން ފަސްކުރެވޭގޮތަށް ބެއިލޮޓްގެ މައްޗަށް އިއްވާފައިވާ 2 އަހަރުގެ ހުކުމްގް އިތުރުން އިތުރު 1 އަހަރު އޭނާ ޖަލުގައި ބަންދުކޮށްފައި ބަހައްޓަންވެސް ދައުވާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ