ދުނިޔޭގެ އެންމެބޮޑު އާއިލާއެއް އޮތް، 39 އަންހެނުންނާއި އިނދެގެން އުޅުނު އިންޑިއާ މީހާ މަރުވެއްޖެ

ދުނިޔޭގެ އެންމެބޮޑު އާއިލާއެއް އޮތް، 39 އަންހެނުންނާއި އިނދެގެން އުޅުނު އިންޑިއާ މީހާ މަރުވެއްޖެ

Author
ހުސެއިން
14 ޖޫން 2021 06:41
0

39 އަންހެނުންނާއި ކައިވެނިކޮށް، 94 ދަރިން ލިބިފައިވަނިކޮށް، ދުނިޔޭގެ އެންމެ ބޮޑު އާއިލާއެއް އޮތް ކަމަށް ބުނެވޭ، އިންޑިއާ މީހާ، އުމުރުން 76 އަހަރުގައި، މަރުވެއްޖެކަމަށް، އޭނާ ނިސްބަތްވާ ސްޓޭޓުގެ ޗީފް މިނިސްޓަރު ވިދާޅު ވެއްޖެއެވެ.

އެއްފަހަރާ އެތައް އަންހެނުންނާއި ކައިވެނުކުރުން ހުއްދަ ކަމަށް ދެކޭ، އިންޑިއާގެ ލޯކަލް ކުރިސްޓިއަންގެ ގުރޫޕެއްގެ އެންމެ އިސްވެރިއެއްގައި ގޮތުގައި ހުރި، ޒިއޯނާ ޗަނާ މަރުވެފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުކަމަށްވެސް، އޭނާ ނިސްބަތްވާ، އިންޑިއާގެ އިރު އުތުރުގެ ސްޓޭޓޭއް ކަމަށްވާ މިޒޮރާމް ސްޓޭޓްގެ ޗީފް މިނިސްޓަރ ޒޮރަމްތަންގަ މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

މިޒޮރާމް ސްޓޭޓުގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 167 މެމްބަރުންގެ މައްޗަށް އެކުލެވޭ މި އާޢިލާއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު އާއިލާއެވެ. މިގޮތުން މިއާއިލާގެ މެމްބަރުންގެ އަދަދު 167އަށް އަރަނީ، ޒިއޯނާގެ 33 ކާފަދަރިންވެސް ހިމަނައިގެން ކަމަށް ވެއެވެ.

މިޒޮރާމް ސްޓޭޓްގެ ޗީފް މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި، ޒިއޯނާ އޭނާގެ އާއިލާއާއކު ދިރިއުޅެމުން އައީ ފިޔާތޮށި ކުލައިގެ 4 ބުރި އިމާރާތެއްގައި ކަމަށެވެ. މިޒޮރާމް ސްޓޭޓްގެ އެކަހެރި އަވަށެއް ކަމުގައިވާ ބަކްޓައުންގގައި ހުންނަ މިގޭގައި 100 ކޮޓަރި ހުންނައިރު، އޭނާ މިއަވަށުގައި ދިރިއުޅުމުގެ ސަބަބުން، މިއަވަށް ފަތުރުވެރިންނަށް ވަރަށް ޚާއްސަ މަންޒިލަކަށް ވެފައި ވާކަމަށްވެސް ޒޮރަމްތަންގަ ވިދާޅުވެފައި ވެއެވެ.

ކުރިޓިއަންންގެ "ޗަނާ" ނަމަކަށް ކިޔާ ގުރޫޕަކުން ގަބޫލުކުރާ މިއުސޫލުތައް މިއަވަށުގައި އެންމެ ފުރަތަމަ ތައާރަފް ކޮށްފައިވަނީ، 1942 ވަނަ އަހަރު ޒިއޯނާގެ ބައްޕައެވެ. އަދި އެއަށްފަހު، ކުރިސްޓިއަކުންގެ މިއުސޫލުތައް އެތައް ސަތޭކަ އާއިލާއަކުން ވަނީ ބަލައިގެންފައެވެ.

ޒިއޯނާ އެންމެ ފުރަތަމަ ކައިވެންޏެއް ކޮށްފައިވަނީ އޭނާގެ އުމުރުން 17 އަހަރުގައެވެ. އަދި ފަހުން އޭނާ ބުނެފައިވާ ގޮތުގައި އެއްފަހަރަކު، އެއް އަހަރެއްގެ ތެރޭގައި 10 މީހުންނާ އޭނާ ކައިވެނި ކޮށްފައި ވެއެވެ.

މި ހުރިހާ އަނބިންވެސް ތިބުމަށް އޭނާ ތައްޔާރު ކޮށްފައި ހުންނަނީ، އޭނާގެ ނިދާ ކޮޓަރިއާއި ޖެހިގެން، ބަންކު ބެޑްތައް ޖަހާފައި ހުންނަ ބޮޑު ހޯލެކެވެ. އަދި މިހިސާބުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، އޭނާ އަބަދުވެސް އޭނާގާތުގައި 7 ނުވަތަ 8 އަނބިންނަށް އެއްވަގުތެއްގައި ރޭކުރުމުގެ ފުރުސަތު ދެއެވެ.

އޭނާގެ ބޮޑު އާއިލާއެއް އޮވެމެ، 2011 ވަނަ އަހަރު ޒިއޯނާ ރޮއިޓާސްއަށް ދީފައިވާ އިންޓަރވިއު އެއްގައި ބުނެފައިވަނީ އަދިވެސް އޭނާ ބޭނުންވީ އައިލާގެ ސައިޒު ބޮޑު ކުރަން ކަމުގައެވެ.

"އަހަރެން ބޭނުންވަނީ އަދިވެސް އާއިލާ ބޮޑުކުރަން، އަދި އަހަރެން މިހުރީ އަދިވެސް ވީހާ ގިނަ އަންހެނުންނާ ކައިވެނި ކުރަން ތައްޔާރަށް،" ޒިއޯނާ ބުނެފައި ވެއެވެ.

"އަހަރެންނަށް އަޅާލާ، އަދި ލޯބިދޭނޭ އެތައް ބަޔަކު އެބަތިބި، އަހަރެން ގަބޫލުކުރަނީ އަހަރެންނަކީ ވަރަށްބޮޑު ނަސީބުވެރިއެއް ކަމަށް."

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.