ދުބާއީގެ ރީތި މަލަމަތި

ދުބާއިގެ ވެކްސިންޖަހާ އުމުރު ފުރައިގެ ތިންބައި ކޮށްފަ ދެބައި މީހުންނަށ ވެކްސިން ދީ ނިންމައިފި

ދުބާއިގެ ވެކްސިންޖަހާ އުމުރު ފުރައިގެ ތިންބައި ކޮށްފަ ދެބައި މީހުންނަށ ވެކްސިން ދީ ނިންމައިފި

ދުނިޔޭގެ ފަތުރުވެރިކަމަށް މަޝްހޫރު މަންޒިލެއްކަމުގައިވާ، ޔުނައިޓެޑް އެމިރޭޓްސްގެ ދުބާއީގެ ވެކްސިންޖަހާ އާބާދީގެ ތިންބައި ކޮށްފަ ދެބައި މީހުންނަށް ވެކްސިންގ ދީ ނިންމާފައިވާ ކަމަށް ދުބާއީ ހެލްތު އޮތޯރިޓީ (DHA)އިން ބުނެފިއެވެ.

ޖުމްލަ 7 އެމިރޭޓްސްގެ މައްޗަށް އެކުލެވިގެންވަ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އެންމެ ބޮޑު އަބާދީއެއް އޮންނަ ސްޓޭޓަކީ ދުބާއިއެވެ. އަދި މީގެ އިތުރުން ދުބާއީގެ އެއާޕޯޓަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް އެއަރޕޯޓުވެސްމެއެވެ.

ފާއިތުވެދިޔަ 6 މަސްދުވަހަށް ބަލާއިރު، ކޯވިޑް19އާއި ދެކޮޅަށް މުޅި ދުނިޔޭގައިވެސް އެންމެ އަވަސްކޮށް ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައެވެ. މިގޮތުން ޔޫއޭއީގައި އެންމެ ފުރަތަމަ ބޭނުންކުރެވެމުން އައިސްފައިވަނީ، ޗައިނާއިން ތައްޔާރުކޮށްފައިވާ ސިނޮފާމް ވެކްސިނެވެ. އެހެންނަމަވެސް، އޭގެފަހުން އެގައުމުންވަނީ، ފައިޒަރ/ބައޯއެންޓެކް ވެކްސިނާއި، އެސްޓްރާ ޒެނެކާ ވެކްސިންގެ އިތުރުން ރަޝިއާގެ ސްޕުންޓިކް V ވެކްސިންވެސް އެގައުމުގައި ބޭނުންކުރަން ފަށާފައެވެ.

ދުބާއީ ހެލްތު އޮތޯރިޓީ (DHA)ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލާވީ އަލްސޭއިޚް އަލީ ދުބާއީ ޓީވީގައި ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ، އުމުރުން 16 އަހަރުން މަތީގެ އާބާދީގެ %83އަށް ނުވަތަ ޖުމްލަ 2.3 މިލިއަން މީހުންނަށް މިހާރު ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށާއި، މުޅި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ %64 މީހުންނަށް މިހާރު ވެކްސިންގެ ދެ ޑޯޒް ދީ ފުރިހަމަ ކޮށްފައިވާ ކަމުގައެވެ.

ދާދިފަހުން ޔޭއޭއީންވަނީ އެގައުމުން ވެކްސިން ދޭ އުމުރުގެ %85 މީހުންނަށް މަދުވެގެން ވެކްސިންގެ އެއްޑޯޒް ދީ ނިންމާފައިވާ ކަމަށް ބުނެފައެވެ.

ދުނިޔޭގެ ގިނަ އެހެން ގައުމުތަކެކޭ އެއްފަދައިން ޔޫއޭއިގައިވެސް ފާއިތުވެދިޔަ މަސްތަކުގައި ކޯވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. މިގޮތުން މި ހަފްތާގެ ހޮނިހިރު ދުވަހު އެކަނިވެސް 2,281 މީހަކުވަނީ އެގައުމުގައި އަލަށް ޕޮޒިޓިވް ވެފައެވެ. މިގޮތުން މިހާތަނަށް ޔޫއާއީގައި ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަކީ  596,000 މީހުންނެވެ.

އަދި މިއަހަރުގެ ފެބްރުއަރީމަހު ދުވާލަކަށް މިބަލިގައި ޔޫއޭއީގައި މަރުވާ މީހުންގެ އަދި 4,000އަށްވެސް އަރާފައިވެއެވެ.

ދުބާއީ ހެލްތު އޮތޯރިޓީ (DHA)އިން ބުނެފައިވަނީ، ކޯވިޑް19ގައި އިއިސީޔޫގައި ފަރުވާ ދެވެމުންދާ މީހުންގެ %90 މީހުންނަކީ ވެކްސިން ޖަހާފައި ނުވާ މީހުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *