"ކުޗް ކުޗް ހޯތާހޭ" ކުޅެން އައިޝްވާރިޔާ އިންކާރު ކުރި ސަބަބު

"ކުޗް ކުޗް ހޯތާހޭ" ކުޅެން އައިޝްވާރިޔާ އިންކާރު ކުރި ސަބަބު

Author
ފާތިމަތު ނާވީ
16 ޖޫން 2021 03:21
0

ކަރަން ޖޯހަރްގެ "ކުޗް ކުޗް ހޯތާ ހޭ" އަކީ 1998 ވަނަ އަހަރު ނުކުއިތް ކާމިޔާބު ފިލްމެކެވެ. މިއީ ކަރަންގެ ފުރަތަމަ ޑައިރެކްޝަނެވެ.

މި ފިލްމުން ބެލުންތެރިންނާއި ހަމައަށް ފެނިގެން ގޮސްފައވަނީ ޝާހްރުކް ޚާން، ކާޖޮލް އަދި ރާނީ މުކަރްޖީ އެެވެ. މި ފިލްމު ފެށުމުގެ ކުރިން ކަރަން ވަނީ ރާނީ ކުޅުނު "ޓީނާ"ގެ ރޯލަށް އެތަށް ފަންނާނުންނާއި ވާހަކަ ދައްކާފަ އެވެ. މީގެ ތެރޭގައި އައިޝްވަރިއާ ރާއީ ވެސް ހިމެނެއެވެ.

މި ހުށަހެޅުން ލިބުނު އިރު އައިޝްވަރިއާ ކުޅެފައިވަނީ އެންމެ ތިން ފިލްމެވެ. އެހެންނަމަވެސް މި ފިލްމަށް އޭނާ އިންކާރު ކުރީ މި ފިލްމު ކުޅެފި ނަމަ އޭނާގެ ކެރިއަރ ހަލާކުވާނެ ކަމަށް ބުނެފައިއެވެ.

އޭރު އައިޝްވަރިއާ އަކީ އާ ތަރިއެއް ނަމަވެސް އޭނާއާއީ އޭރުގެ ބޮޑެތި ތަރިންނާ އަޅާކިއާނެ ކަމަށާއި މިކަމުން އޭނާގެ ކެރިއަރއަށް އަސަރު ކުރާނެތީ ފިލްމު ދޫކޮށްލީ ކަމަށް އައިޝްވަރިއާ ވަނީ ބުނެފައެވެ. އަދި އޭނާގެ އެ އުޒުރު ކަރަންއަށް ވަރަށް ރަނގަޅަށް ކިޔައި ދިނިން ކަމަށްވެސް އައިޝްވަރިއާ ބުނެފައި ވެއެވެ. އޭރު އޭނާ މި ފިލްމު ކުޅުނު ނަމަ ވާނީ އޭނާ އަލުން ފިލްމީ ދާއިރާ އާފެށުމަކުން ފެށުން ކަހަލަ ކަމެއްކަމަށް ވެސް އެނާ ވަނީ ބުނެފައެވެ.

ޓީނާގެ ރޯލު ކަރަން ލިޔެފައި ވަނީ ޓްވިންކަލް ކަންނާއަށް ބޭސްކޮށްގެނެވެ. ޓްވިންކަލް މި ރޯލަށް ނޫނެކޭ ބުނީ ސަޕޯޓިންގ ރޯލަކަށް ވުމުންނެވެ. އައިޝްވާރިއާގެ އިތުރުން އުރްމިލާ އާއި ތަބޫ އަށްވެސް މި ރޯލު ހުށަހެޅިކަމަށް ކަރަން ކުރިން ވަނީ ބުނެފައެވެ.

އެ ރޯލަށް ރާނީ ސަޖެއްސްޓް ކުރީ ރާނީގެ މިހާރުގެ ފިރިމީހާ ޕްރޮޑިއުސަރ އަދިތިޔާ ޗޯޕްރާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.