ރާޖް ކުންދްރާ އޭނާގެ ކުރީގެ އަންހެނުން ބޭޒާރުކޮށްލައިފި

ރާޖް ކުންދްރާ އޭނާގެ ކުރީގެ އަންހެނުން ބޭޒާރުކޮށްލައިފި

ޝިލްޕާ ޝެއްޓީގެ ފިރިމީހާ ވިޔަފާރިވެރިއާ ރާޖް ކުންދްރާ، އޭނާގެ ކުރީގެ އަންހެނުން ކަވީތާގެ ވާހަކަތަކަށް ރައްދު ދީފިއެވެ.

ކަވީތާ ދާދިފަހުން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އާއި ރާޖާ ދެމީހުންގެ ކައިވެނި ރޫޅިފައިވަނީ ޝިލްޕާގެ ސަބަބުން ކަމަށެވެ. މި ވާހަކަތަށް ރާޖްވަނި ދޮގުކޮށްފަ އެވެ. އަދި އޭނާ ވަނީ ކަވީތާ އާއި އޭނާ ވަކިވި އަސްލު ސަބަބު ހިއްސާކޮށްފަ އެވެ.

ރާޖް ބުނެފައިވަނީ ކަވީތާ އާއި އޭނާގެ ދައްތަގެ ފިރިމީހާއާއި ދެމެދުގައި "އެފެއާ" އެއް އޮތް ކަމަށެވެ. އަދި މިއީ އެމީހުން ލަންޑަނުގައި އުޅުނު އިރު ހިނގާފައި ހާދިސާއެއް ކަމަށެވެ. މީގެ އިތުރުން ރާޖް ވަނީ ކަވީތާއަށް ޝިލްޕާ އާ ދެކޮޅަށް އިންޓަވިއު ދިނުމަށް 1000 ޕައުންޑު ލިބިފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ރާޖް ކުރީގެ އަންހެނުން ކަވީތާ އާއި އެއްވެސް ގުޅުމެއް މީހާރު ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި ކަވީތާ އާއި ދައްތަގެ ފިރިމީހާގެ ގުޅުމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި އެއީ އޭނާގެ ދައްތަ އެކަމުގައި ހިމެނޭތީ ކަމަށް ރާޖް ވަނީ ބުނެފަ އެވެ.

 

View this post on Instagram

 

A post shared by Raj Kundra (@rajkundra9)

ރާޖް މިކަންކަން ހާމަކުރުމުން ޝިލްޕާ އެކަމާ ހިތްހަމަ ނުޖެހިފައި ވާކަމަށްވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނެއެވެ. ރާޖްގެ ކުރީގެ ކައިވެނި ރޫޅުނު ސަބަބު އާންކުރުން ޝިލްޕާ އެއްވެސް ވަރަކަށް ބޭނުން ނުވާކަމަށް ރާޖް ވަނީ ބުނެފައެވެ. ނަމަވެސް ހަގީގަތް ހާމަވާން ޖެހޭކަމަށް އޭނާ ގަބޫލުކުރާ ކަމަށްވެސް ރާޖް ވަނީ ބުނެފައެވެ

ރާޖާއި ކަވީތާ ކައިވެނި ކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އަދި ވަކިވެފައިވަނީ 2006 ވަނަ އަހަރުއެެވެ. ދެމީހުން ވަކިވީ އެ ދެމީހުންގެ ދަރިފުޅަށް 40 ދުވަހުގައެވެ.

ރާޖާއި ޝިލްޕާ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. އަދި މިހާރު އެދެމީހުންގެ 2 ދަރިން ވެސް ތިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *