އަނިޔާގެ ސަބަބުން ސައުތުހެމްޓަން މެޗުގައި ރޮޑްރިގޭޒް ނުކުޅޭނެ

އަނިޔާގެ ސަބަބުން ސައުތުހެމްޓަން މެޗުގައި ރޮޑްރިގޭޒް ނުކުޅޭނެ

Author
އިބްރާހީމް ސާޢިދު
22 އޮކްޓޯބަރ 2020 11:35
0

އިނގިރޭސި ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި އެވެޓަނުގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒްއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ހަމޭސްއަށް އަނިޔާވީ ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލާ ދެކޮޅަށް އެވަޓަން ކުޅުނު މެޗުގައެވެ.

އެވެޓަނުގެ ކޯޗު އަންޗެލޮޓީ ބުނީ ހަމޭސްއަށް އަނިޔާވި ނަމަވެސް، އޭނާގެ އަނިޔާ ސީރިއަސް ނޫން ކަމަށާއި، އެކަމަކު ސައުތެމްޓަނާ ދެކޮޅަށް އެވެޓަނުން ކުޅޭ މެޗުގައި ހަމޭސް ނުފެންނާނެ ކަމަށެވެ. އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެވަޓަނުން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަަންނައިރު، މިހާތަނަށް ލީގުގައި ކުޅުނު މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. އެވަޓަން އޮތީ ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ.

ހަމޭސް އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެވަޓަނަށް ކުޅެދިން ފަސް މެޗުގައި ތިން ލަނޑު ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.