އެއްގަމު އުޅަދު އުފެއްދުމަށް މަޝްހޫރު ކުންފުނި، ޓޯޔޯޓާއިން، 2035ގެ ނިޔަލަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި، އެކުންފުނީގެ ހުރިހާ ފެކްޓަރީއެއް ކާބަން ނިއުޓްރަލް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ކުންފުނީގެ އިސްފަރާތްތަކުން ހުކުރުދުވަހު ހާމަ ކުރައްވައިފިއެވެ.
ޓޮޔޯޓާ ކުންފުނީގެ ޗީފް ޕްރޮޑަކްޝަން އޮފިސަރ މަސަމިޗި އޮކާޑާ ވިދާޅުވި ގޮތުގައި، ކުރިޔަށް އޮތް 15 އަހަރުދުވަހުގެ ތޭރޭގައި ހާސިލްކުރުމަށް އަމާޒު ހިފާފައިވާ މި ލަޑުދަނޑި ހާސިލް ކުރުމުގައި އެންމެ ފުރަތަމަ ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ، ޕެެއިންޓް ކުރުމާއި، ކޯޓިން އަދި ކާސްޓިންއަށް ބޭނުންވާ އާ ޓެކްނޮލޮޖީތަކެވެ.
"މިގޮތުން، މުހިންމު ޕްރޮސެސްތަކުގައި ބޭނުން ކުރެވެމުންދާ ކާބަންޑައި އޮކްސައިޑް CO2 ވީވަރަކުން މަދުކުރުމަށް މަސައްކަތް ކުރެވެމުންދާނެ، އަދި ގިނަ ގިނަ ހާލަތްތަކުގައި، CO2 ބޭނުންކުރުން އެއްކޮށް ހުއްޓާލެވޭނެ،" އޮންލައިންކޮށް ބޭއްވުނު މީޑިއާ ބްރީފިން އެއްގައި އޮކާޑާ ވިދާޅުވިއެވެ.
"މިގޮތުން މުހިންމު އޭރިއާތައް ފާހަގަކޮށް، އަހަރެމެންގެ ރިސޯސަސްތައް ބޭނުންކޮށްގެން، ކާބަން ނިއުޓްރަލް ކުރުމަށް ހޭދަވާ މުއްދަތު ކުރުވެގެންދާނެ ކަމަށް އަހަރެމެން ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.
އޮކާޑާ ވިދާޅުވީ، ޖަޕާނުގައި ބޭނުން ކުރެވެމުންދާ މެނުފެކްޗަރިން ޓެކްނޮލޮޖީ އެއްކަމުގައިވާ، ޖަޕާބު ބަހުން "މޮނޮޒުކުރި" ނަމަކަށް ކިޔާ ޓެކްނޮޖީގެ ބޭނުން ކޮށްގެން ކާބަން ނިއުޓްރަލް ކުރުމަށް ލިބެންހުރި ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.
ކޮމެންޓު ފޮނުވާ