ޕާކިސްތާނުގެ ހުޅަގުދެކުނު ހައިވޭއެއްގައި ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ބަހެއް ފުރޮޅާލައި ހިނގި އެކްސިޑެންޓެއްގައި 19 މީހުން މަރުވެ 50 މީހަކަށް އަނިޔާ ވެއްޖެއެވެ.
ލޯކަލް ޕޮލިސް އޮފިސަރު ހަފީޒުއްﷲ މެންގާލް ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާ ހިގާފައިވަނީ ޕާކިސްތާންގެ ބަލިސިސްތާން ޕްރޮވިންސްގެ ޚުޒްދާރު ޑިސްޓްރިކްޓްގައެވެ. މިހާދިސާ ހިންގަން މެދުވެރިވި ސަބަބަކީ، މަގުބަރާއަކަށް ޒިޔާރަތްކުރުމަށްފަހު މީހުން އަރުވައިގެން ދަތުރުކުރަމުންދިޔަ ބަހެއް ހައިވޭގައި ކުއްލިއަކަށް އަބުރާލުމުގެ ސަބަބުންނެވެ.
#BreakingNews: 18 pilgrims died over two dozen injured when their bus turn turtle near #Khuzdar #Balochistan pic.twitter.com/utHmPyGVvX
— Quetta Voice (@VoiceQuetta) June 11, 2021
ބަހުގައި ތިބި މީހުން ދަތުރުކުރަމުން ދިޔައީ، ދެކުނުގެ ސިންދު ޕްރޮވިންސްގައި ހުންނަ ސޫފީ ސެއިންޓްއެއްގެ މަގުބަރާއަށް ޒިޔާރަތް ކުރުމަށްފަހު އެބުރި ޑަޑު ޑިސްޓްރިކްޓަށް ދިއުމަށެވެ. އަދި ހައިވޭގައި ބާރު ސްޕީޑުގައި ދުއްވަމުންދަނިކޮށް، ހަނިގޮތަކަށް ބަސް އަބުރާލުމާއެކު، ޑްރައިވަރަށް ބަހުގެ ކޮންޓްރޯލް ގެއްލި، ބަސް ފުރޮޅާލީކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ޕާކިސްތާނުގެ މަގުތަކުގެ ހާލަތު ދަށްވވުމުގެ ސަބަބުންނާއި، އަދި މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަމަށް ގިނަބަޔަކު ސަމާލުކަން ނުދިނުމުގެ ސަބަބުން، ޕާކިސްތާނުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިގުމަކީ ވަރަށް އާންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ