މެކްރޮން މޫނުތަމަތީގައި މީހަކު ޖަހާފައިވަނީ އޭނާ އާންމުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް

ފްރާންސްގެ ރައީސް މެކްރޮމްގެ ކަންކަށިމަތީގައި މީހަކު "ވީއްލާލައިފި"

ފްރާންސްގެ ރައީސް މެކްރޮމްގެ ކަންކަށިމަތީގައި މީހަކު "ވީއްލާލައިފި"

ގުޅުންހުރި

ފްރާންސްގެ އިރު ދެކުނުގެ ސަރަހައްދަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށް، އާންމުންގެ މީހަކު ފްރާންސްގެ ރައީސް އެމްނޫލް މެކްރޮންގެ ކަންކަށިމަތީގައި ތަފާލަކުން ޖަހައިފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ވީޑިއޯއަކުން ފެންނަ ގޮތުގައި، މެކްރޮން އޭނާއާއި ސަލާމް ކުރުމަށް އެއްވެސް ތިބި މީހުންނާ ސަލާމް ކުރުމަށް ގާތްވެފަ، އެކަކާ ސަލާމް ކުރިތަނާ ކަހަކަ ގޮތަކަށް، އޭނާވަނީ އޭނާގެ ކަނާތު އަތްތިލައިން މެކްރޮންގެ މޫނުމަތީގައި އެތިފަރަރަކުން ޖަހާފައެވެ.

މި ދަތުރުގައި މެކްރޮމް ޒިޔާރަތް ކުރައްވަމުން ގެންދެވީ، ވަލެންސް ސިޓީގެ ބޭރުގައި އޮންނަ ޓައިން ހާމިޓޭޖް ނަމަކަށް ކިޔާ ސަރަހައްދަކަށެވެ.

މެކްރޮމްގެ މޫނުމަތީގައި ޖެހި މީހާވަނީ، ސެކިއުރިޓީން އޭނާއާއި މެކްރޮންއާއި ދެމެދަށް ވަނުމުގެ ކުރިން، މެރޮންގެ މޫނުމަތީގައި އޭނާގެ އަތްތިލައިން ޖަހާފައެވެ. އަދި އެއަށްފަހު، ސަކިއުރިޓީން މެކްރޮން އެސަރަހައްދުން ދުރައްލާ، ހަމަލާ ދިން މީހާ ހައްޔަރު ކުރި މަންޒަރު ވޯޑިއޯއިން ފެނިގައި ވެއެވެ.

ފްރާންސްގެ މީޑިއާތަކުން ފަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހާދިސާއާއި ގުޅިގެން ދެމީހަކުވަނީ ހައްޔަރު ކުރެވިފައެވެ.

މެކްރޮންގެ މޫނުމަތީގައި ޖެހިމީހާ، މޫނުމަތީގައި ޖެހުމާއެކު، "މެރޮނިޒްމްއަށް ހަލާކު ހުރި" މިހެން ގޮވިއަޑުވަނީ އިވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ފިރުމާލީ ކަމަށް ތިވާނީ. ލޯބިން. ނޫނީ މަދިރި އެއް ފޮޅާލީ ތި.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ