އިންޖީން ހުއްޓުނު ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

އިންޖީން ހުއްޓުނު ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

Author
މުޙައްމަދު ޖިމީ
22 އޮކްޓޯބަރ 2020 02:36
0

އިންޖީން ހުއްޓި ދިޔަވަމުންދިޔަ ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޮރުކޯށްދީފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ހަތް މީހުންނާއެކު މާލެއިން ފުރައިގެން ގއ.ދެއްވަދޫއަށް ދަތުރުކުރި "އިރު އަލިމަސް" ނަމަކަށް ކިޔާ 57 ފޫޓްގެ މުދާއުފުލާ ދޯންޏެއް މ.އަތޮޅު ތެރެއިން އިންޖީން ހުއްޓި އެދޯނި ދިޔަވަމުންދިއުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

މިހާރު މިދޯން މ.ކޮޅުފުށީ ބަނދަރަށް ވައްދާފައިވާކަމަށާއި،، މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މެންދުރުފަހު 12:53 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. މިދުވަސްވަރު މޫސުންގޯސްވެ ކަނޑުގަދަ ވުމުގެ ސަބަބުން މުސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއާއި މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.