ދޫނި ރޯގާގެ މަދުން ނޫނީ ނުފެންނަ ވައްތަރުގެ ސްޓްރެއިންއެއް، ޗައިނާގައި، އިންސާނެއްގެ ގައިން ފެނިއްޖެ

ދޫނި ރޯގާގެ މަދުން ނޫނީ ނުފެންނަ ވައްތަރުގެ ސްޓްރެއިންއެއް، ޗައިނާގައި، އިންސާނެއްގެ ގައިން ފެނިއްޖެ

Author
ހުސެއިން
02 ޖޫން 2021 07:43
0

ޗައިނާގެ އިރުމަތީ ޕްރޮވިންސެއް ކަމުގައިވާ ޖިއާންގ ޕްރޮވިންސުގެ އުމުރުން 41 އަހަރުގެ މީހެއްގެ ގައިން ފުރަތަމަ ފަހަރަށް ދޫނި ރޯގާގެ މަދުން ނޫނީ ނުފެންނަ ސްޓްރެރިންއެން އެއްކަމުގައިވާ H10N3 ފެނިފައިވާ ކަމަށް ބޭޖިންގގެ ނޭޝަނަލް ހެލްތު ކޮމިޝަން (NHC) އިން ބުނެފިއެވެ.

ޗައިނާގައި ދޫނީ ރޯގާގެ އެތަކެއް ސްޓްރެއިންއެއް އުޅެމުންދާއިރު، މީގެތެއިން ބައެއް ސްޓްރެއިންތަކުގެ ސަބަބުން ދޭތެރެ ދޭތެރެއިން އަގައުމުގައި މީހުން ބަލިވަމުން ދެއެވެ. މިގޮތުން ގިނައިން ބަލި ޖެހިފައިވަނީ ޕޯލްޓްރީ ތަކުގައި (ދޫނި ގެންގުޅޭ ފާރމް) މަސައްކަތް ކުރާމީހުންނަށެވެ.

އެހެންނަމަވެސް މިހާނަތަށް އައިއިރު، އިންސާނެއްގެ ކިބައިން އަލަށް މި ފެނުނު  H10N3 ސްޓްރެއިން ފަސޭހަކަމާއެކު އިންސާނުންގެ ތެރޭގައި ފެތުރިގެން ހިގައިދާނެކަމަށް ބެލެވިފައެއް ނުވެއެވެ.

ބޭޖިންގ ހެލްތު ކޮމިޝަންއިން އަންގާރަ ދުވަހު ބުނެފައިވަނީ، ޗައިނާގެ ޒެންޖިއާން ސިޓީގެ މީހަކުން ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ ފާއިތުވި އެޕްރިލް މަހުގެ 28ވަނަ ދުވަހުއެވެ. އަދި އޭނާ H10N3 އަށް ޕޮޒިޓިވް ވެފައިވާކަން ޔަގީން ކުރެވިފައިވަނީ މޭމަހުގެ 28ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މި މީހާގެ ގަޔަށް މިސްޓްރެއިން ވާސިލްވި ގޮތުގެ އިތުރު ތަފްސީލެއް ހެލްތު ކޮމިޝަންއިން ދީފައެއް ނުވެއެވެ.

ހެލްތު ކޮމިޝަންއިން ބުނެފައިވަނީ މިމީހާގެ ހާލު މިޙާރު ރަގަޅު ކަމަށާއި އަދި މިހާރު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. އަދި އޭނާއާއި އެކީގައި އުޅެފައިވާ އެހެން މީހުންގެ ޓެސްޓްތައް ދައްކާގޮތުން އެއިން އެއްވެސް މީހެއްގެ ގަޔަށް މި ސްޓްރެއިންގެ ވައިރަސް ވާސިލް ވެފައިނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ދުނިޔޭގެ އެހެން އެއްވެސް ހިސާބަކުންވެސް H10N3 ގެ އެއްވެސް ކޭސްއެއް މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަަށްވެސް ބޭޖިންގގެ ނޭޝަނަލް ހެލްތު ކޮމިޝަން (NHC)އިން ހާމަކޮށްފައި ވެއެވެ.

NHCއިން ބުނެފައިވާ ގޮތުގައި، H10N3 އަކީ، އެހާ ފަސޭހައިން ގައިންގަޔަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ ސްޓްރެއިންއެއް ނޫންކަމުގައެވެ. ނަތީޖާއެއްގެ ގޮތުން މި ސްޓްރެއިންގައި ބަލިވާ މީހުންގެ ހާލު އެހާ ދެރަނުވެ ރަގަޅުވުމުގެ ފުރުސަތު އޮވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ގިނަބަޔަކަށް އެއްފަހަރާ މިބަލި ޖެހި، ކާރިސާއެއްގެ ގޮތުގައި ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަކަމުގައިވެސް NHCއިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.