ސަމޯއާގެ އިންތިޚާބީ ލީޑަރަށްވަނީ މަޖިލީހަށް ވަދެވޭ ގޮތް ނުވެފަ

ސަމޯއާގެ އިންތިޚާބީ ލީޑަރު ގާނޫނު ހަދާ މަޖިލީހަށް ވަނުން މަނާކޮށްފި

ސަމޯއާގެ އިންތިޚާބީ ލީޑަރު ގާނޫނު ހަދާ މަޖިލީހަށް ވަނުން މަނާކޮށްފި

ގުޅުންހުރި

ފާއިތުވި އެޕްރިލްމަހު ސަމޯއާގައި ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބުކޮށް، އެގައުމުގައި އަލަށް އިންތިޚާބު ކުރެވުނު ބޮޑުވަޒީރު ފިއާމެ ނައޯމީ މަތައާފާއަށް ގާނޫނު ހަދާ މަޖިލީހަށް ވަނުން އެގައުމުގެ ފުލުހުން މަނާ ކޮށްފިއެވެ.

އިންތިޚާބީ ބޮޑުވަޒީރަށް ގާނޫނު ހަދާ މަޖިލީހަށް ވަނަ ނުދީ ހިފަހައްޓާފައި މިވަނީ، އިންތިޚާބުން ބަލިވެފައިވާ، އަދި މިހާރުގެވެސް ބޮޑުވަޒީރު، ބަލި ގަބޫލު ނުކޮށް، މަގާމުން ދުރަށް ދިއުމަށް ދެކޮޅު ހައްދަވާފައިވާތީއެވެ.

އިންތިޚާބީ ބޮޑުވަޒީރު މަތައާފާ މިއަދު ގާނޫނު ހަދާ މަޖިލިހަށް ވަޑައިގެންނެވީ، އޭނާގެ ގާނޫނީ ވަކީލުންނާއެކު، ސަމޯއާގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި، މަގާމުގެ ހުވާ ކުރައްވާ އަދި އާ ސަރުކާރު އެކުލަވާލުމަށް ތައްޔާރުވެ ވަޑައިގެން ހުންނަވައިގެންނެވެ.

އެހެންނަމަވެސް، ފުލުހުން ވަނީ މަތައާފާ ގާނޫނުހަދާ މަޖުލީހުގެ ޗެމްބަރަށް ވަނުމަށް ހުރަސް އަޅާފައެވެ. އަދި މަޖިލީހުގެ އަމީންއާންމު ވިދާޅުވެފައިވަނީ، އޭނާއަށް މަޖިލިސް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ދެއްވޭނީ، އައްޔަން ކޮށްފައިވާ ގައުމުގެ ރައީސްގެ އެންގެވުމާއި އެއްގޮތަށް ކަމަށެވެ. ސަމޯއާގެ ރައީސް ކަމަށް އައްޔަން ކޮށްފައިވަނީ، އިންތިޚާބުން ބަލިވި، ބޮޑުވަޒީރު ޓުއިލެޕާ ސައިލެލެ މައިލިއެލެގައޯއިއަށް ތާޢީދު ކުރާ ބޭފުޅެކެވެ.

22 އަހަރުވަންދެން ސަމާއޯގެ ވެރިކަން ކުރުމުންދާ މައިލިއެލެގައޯއި ވަނީ އިންތިޚާބުގެ ނަތީޖާއަށް ފަހުވެސް ވެރިކަމުގެ ބާރުތައް ދޫކޮށްލައްވަން ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް، ސަމޯއާގެ ޝަރުއީ ކޯޓުތަކުންވެސް ވަނީ، ހަނި އައުލަބިއްޔަތަކުން މަތައާފާ އިންތިޚާބު ކާމިޔާބު ކޮށްފައިވާ ކަމަށްވެސް ނިންމާފައެވެ.

އިންތިޚާބުކުރި މަތައާފާއަށް ގާނޫނުހަދާ މަޖިލިހުގެ ޗެމްބަރަށް ވަނުމުގެ ފުރުސަތު ނުދިނުމާއެކު، މަތައާފާއާއި އޭނާގެ ފާސްޓް ޕާޓީގެ އޮފިޝަލުންވަނީ، ގާނޫނުހަދާ މަޖިލީހުގގެ ބަގީޗާގައި ޖަހާފައިހުރި ޓެންޓުގައި ހުންނަވައިގެން ބޮޑުވަޒީރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އަމިއްލަފުޅަށް ބާއްވާފައެވެ. މި ރަސްމިއްޔާތު ކުރިޔަށް ދިޔައިރު، މަތައާފާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ސަމޯއާގެ ގައުމީ ސަލާމް ކިޔާފައެވެ. މި މަންޒަރު ބަލަހައްޓައިގެން ފުލުހުން މާދުރުނޫން ހިސާބުގައި ތިއްބެވެ.

މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ، ސަމޯއާގެ ރައީސްވެސް، އުއްތަމަ ފަނޑިޔާރުވެސް، އަދި އިންތިޚާބުން ބަލިވި ބޮޑުވަޒީރު މައިލިއެލެގައޯިގެ ޕާޓީގެ އެއްވެސް މެމްބަރެއްވެސް ހާޒިރުވުމެއް ނެތިއެވެ.

އިންތުޚާބުން ބަލިވެފައިވާ ބޮޑުވަޒީރު މައިލިއެލެގައޯއިވަނީ، މަތައާފާ ބޮޑުވަޒީރުކަމުގެ ހުވާ ކުރުމަށް ބާއްވާފައިވާ ރަސްމިއްޔާތަކީ ގާނޫނު އަސާސީއާއި ޚިލާފު ރަސްމިއްޔާތެއްކަމުގައި ބުނެފައެވެ. އަދި ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރު އޮތީ ގައުމުގައި ހިންގުމުގައި ސާބިތުވެ ކަމަށެވެ.

ސަމޯއާގެ އެޓާރނީ ޖެނެރަލްވެސް ވިދާޅުވެފައިވަނީ މި ރަސްމިއްޔާތަކީ އާއިރުގާނޫނީ ރަސްމިއްޔާތެއް ކަމަށާއި، މި ރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ އެންމެންގެ މައްޗަށްވެސް މަދަނީ އަދި ޖިނާއީ ދައުވާވެސް އުފުލޭނެ ކަމަށެވެ.

220,000 މީހުންގެ އާބާދީއެއް އޮންނަ ސަމޯއާގައި ސިޔާސީ ހަމަނުޖެހުން އުފެދިފައިވަނީ، ފާއިތުވެދިޔަ އެޕްރިލްމަހުގެ 9 ވަނަ ދުވަހު ބޭއްވުނު އާންމު އިންތިޚާބުގެ ނަތީޖާ، 25-25 ގޮޑީގެ ނަތީޖާއަކުން މަތައާފާގެ ފާސް ޕާޓީއާއި މައިލިއެލެގައޯއިގެ ހިއުމަން ރައިޓްސް ޕްރޮޓެކްޝަން ޕާޓީ (HRPP) އެއްވަރު ވުމާއި ގުޅިގެންނެވެ. ގާނޫނު ހަދާ މަޖިލީހަށް ދެން އިންތިޚާބު ވެފައި މިނިވަން ކެނޑިޑޭޓެކެވެ.

އަދި ސަމޯއާގެ އިލެކްޓޯރަލް ކޮމިޝަންއިންވަނީ HRPPއަށް ނިސްބަތްވާ އިތުރު ކެނޑިޑޭޓަކު ގާނޫނު ހަދާ މަޖިލީހަށް އައްޔަންކޮށްފައެވެ. އިލެކްޓޯރަލް ކޮމިޝަންއިން ގާނޫނު ހަދާ މަޖިލިހަށް މެމްބަރަކު އައްޔަން ކޮށްފައިވަނީ، އަންހެން މެމްބަރުންނަށް ގާނޫނު ހަދާ މަޖިލީހުގައި ތިބޭވޭނެ އެންމެ ދަށްއަދު ހަމަކުރުމަށް އޮންނަ ކޯޓާގެ ދަށުން ލިބިގެންދާ ފުރުސަތުގެ ތެރެއިންނެވެ.

އަދި ގާނޫނު ހަދާ މަޖިލީހަށް ހޮވުނު މިނިވަން ކެނޑިޑޭޓު މަތައާފާގެ ފާސް ޕާޓީއަށް ތާއީދުކުރުމަށް ނިންމުމާ ގުޅިގެން 26-26 ގޮޑީގެ އަދަދުން އަނެއްކާވެސް ދެޕާޓީގެ ނަތީޖާ ވެގެން ދިޔައީ އެއްވަރެވެ.

އަދި މައިލިއެލެގައޯއި ވަނީ، ސަމޯއާގެ ރައީސްގެ އެއްބާރުލުން ހޯއްދަވާ މޭމަހުގެ 21 ވަނަ ދުވަހު އާ އިންތިޚާބެއް ބޭއްވުމަށް ނިންމާފައެވެ. އެހެންނަމަވެސް މަތައާފާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ނިންމާފައިވަނީ އިލެކްޓޯރަލް ކޮމިޝަނުން ގާނޫނު ހަދާ މަޖިލީހަށް އާ މެމްބަރަކު އައްޔަން ކޮށްފައިވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމުގައެވެ. ނަތިޖާއެއްގެ ގޮތުން 25-26 ގޮޑީގެ ތަފާތަކުން އިންތިޚާބުގައި ކުރި ލިބިވަޑައިގެންނެވީ މަތައާފާގެ ޕާޓީއަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *