ޕެޓްރޮނާސް ޓުވިން ޓަވަރު ފަލަސްތީނުގެ ދިދައިން ދިއްލާލެވިފައި

މެލޭޝިއާގެ ޕެޓްރޮނާސް ޓަވަރު ފަލަސްތީނުގެ ދިދައިން ދިއްލާލާއިފި

މެލޭޝިއާގެ ޕެޓްރޮނާސް ޓަވަރު ފަލަސްތީނުގެ ދިދައިން ދިއްލާލާއިފި

މެލޭޝިޔާގެ މަޝްހޫރު ބިނާ، ޕެޓްރޮނާސް ޓުވިން ޓަވަރު ފަލަސްތީނިގެ ދިދައިން ދިއްލާލާއިފިއެވެ.

މެލޭޝިއާގެ ފަޚުރެއްކަމުގައި އެގައުމުން ދެކޭ ޕެޓްރޮނާސް ޓަވަރު ފަލަސްތީނުގެ ދިދައިން ދިއްލާލާފައި މިވަނީ، އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ ޖިހާދުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

މެލޭޝިއާ ފާހަގަ ވެގެން ގޮސްފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ދެކޮޅށް ފާޅުގައި އަޑު އުފުލާ ގައުމެއްގެ ގޮތުގައެވެ. އަދި، ޚާއްސަކޮށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދަކީ، އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ފަލަސްތީނަށް ފާޅުގައި ތާއީދު ކުރުންމަތީ ދެމިހުންނެވި، އަދި ކެރިގެން އަޑުއުފުއްލަވާ ދުނިޔޭގެ މަދު ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

ޕެޓްރޮނާސް ޓަވަރު ފަލަސްތީނުގެ ދިދައިން ޒީނަތްތެރި ކޮށްފައިވާއިރު، މިމަހުގެ، އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ދީފައިވާ އިނިޔާވެރި ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، މެލޭޝިއާގެ އެހެން މަޝްހޫރު ބިނާތައްވެސް ވަނީ، ފަލަސްތީނުގެ ދިދައިން ޒީނަތްތެރިކޮށް ދިއްލާލާފައެވެ.

މީގެތެރޭގައި މެލޭޝިއާގެ މަޝްހޫރި ޕުޓްރަޖާޔާގެ މުހިންމު ބައެއް ބިނާތައްވެސް ހިމެނެއެވެ.

މެލޭޝިއާގެ މުހިންމު ބައެއް ބިނާތައް ފަލަސްތީނުގެ ދިދައިން ދިއްލާލާފަ

މިމަހުގެ 10ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދިޔަ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 230 މީހަކުވަނީ ޝަހީދު ކޮށްލާފައެވެ. މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާއަތްތަކުން، އިސްރާއީލް އަމާޒުކޮށް ފޮނުވާލާފައިވާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު 12 މީހަކުވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *