ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހުންނަ މައުންޓް ނިރަގޮންގޯ އަލިފާން ފަރުބަދަ ގޮވާ، އެގައުމުގެ އިރުމަތީ ސިޓީއެއްކަމުގައިވާ ގޯމާގެ މުޅި ޖައްވު ރަތްކުލައިގެ އާވިން ދިއްލި، އަދި ފަރުބަދައިން ފޭބި ލާވާތައް ބޯޑަރު ހުރަސްކޮށް އަވައްޓެރި ރުވާންޑާއާ ހަމައަށް ފޯރައިފިއެވެ.
#RDC: Le Gouvernement dit suivre de "près la situation à Goma particulièrement l’activité du volcan Nyirangongo". Selon Patrick Muyaya, "les autorités locales évaluent la situation présentement avec l’observatoire volcanologique de Goma, une communication détaillée suivra." pic.twitter.com/uCkuDAhL8h
— Stanis Bujakera Tshiamala (@StanysBujakera) May 22, 2021
ޑރ ކޮންގޯގެ އުތުރުގެ ސިޓީއެއް ކަމުގައިވާ ކިވުގެ މިލިޓަރީ ގަވަރުނަރު ވިދާޅުވި ގޮތުގައި ހެނދުނު 7:00ގައި މި ފަރުބަދަ ގޮވަން ފަށާފައިވާ ކަމަށެވެ. މި ފަރުބަދަ ހުންނަ ސިޓީކަމުގައިވާ ގޯމާއަކީ ކިވޫގެ ކެޕިޓަލް ސިޓީއެވެ.
ޑރ ކޮންގޯގައި މަސައްކަތް ކުރާ ޔޫއެން މިޝަންއިންވަނީ މި ފަރުބަދަ ގޮވަން ފެށުމާއެކު، ފަރުބަދަ ގޮވާ ސަރަހައްދަށް ހެލިކޮޕްޓަރެއް ފޮނުވާ، ފަރަބަދަށް ގޮވަން ފަށާފައިވާކަން ޔަގީން ކޮށްފައެވެ.
ގޯމާ ސިޓީގައި ގާއިމްވެ ތިބޭ ޔޫއެން މިޝަންގެ ބޭފުޅުން ފަހުން ޔަގީން ކޮށްދީފައިވާ ގޮތުގައި، މި ފަރުބަދައިން ފައިބަމުންދާ އަލިފާނުގެ ލާވާތައް ފައިބަމުންދަނީ ރުވާންޑާއާ ދިމާލަށެވެ. އެހެންކަމުން ގޯމާ ސިޓީއަށް މާބޮޑު ނުރައްކަލެއް ނެތްކަމުގައިވެސް ބުނެފައި ވެއެވެ.
އެހެންނަމަވެސް، ޑރ ކޮންގޯގެ ގޯމާ ސިޓީގެ ބޮޑު ބަޔަކުން ކަރަންޓު ކެޑިގެން ގޮސްފައިވާތީއާއި އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެސިޓީ ދޫކޮށް އެތައްހާސް ބަޔަކުވަނީ ދުރު ހިސާބުތަކަށް ބަދަލުވާން ފަށާފައެވެ.
މިގޮތުން ބައެއް މީހުން، ރުވާންޑާއާއި އިންވެފައި އޮންނަ ގޯމާ ސިޓީގެ ދެކުނަށް ބަދަލުވަމުން ދާއިރު، އަނެއްބަޔަކު މިސާރަބު ޖަހާފައި ހުރީ ގޯމާ ސިޓީގެ ހުޅަގަށް ކަމަށްވެސް ބައެއް މީޑީއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
މި ފަރުބަދަ ގޮވުމުގެ ސަބަބުން ބިންހެލުމެއް އައިސްފައި ނުވާކަމަށްވެސް މީޑީއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ނިރަންގޮންގޯ ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ 2002ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެފަހަރު މި ފަރުބަދައިން ފޭބި އަލިފާން އަޅިތައް ގޯމާ ސިޓީގެ އިތުމަތީ ބިތައް ފެތުރި 100 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި އެއަރޕޯޓުގެ ލޭންޑިންގ ސްޓްރިޕްގެ ބޮޑުބައެއް މި ފަރުބަދައިން ފޭބި އަޅިން ފޮރުވުނެވެ.
އަދި އެފަހަރުވެސް އެތައްހާސްބަޔަކު މި ސިޓީ ދޫކޮށް އެހެން ސަރަހައްދުތަކަށް ދާން މަޖބޫރުވިއެވެ.
3،000 މީޓަރުގެ އުސްމިން ހުންނަ މި އަލިފާން ފަރުބަދަ ގޮވައިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ، 1977 ވަނަ އަހަރުއެވެ. އެފަހަރު އަލިފާން ފަރުބަދައިގެ އަލިފާން އަޅިތައް ގޯމާ ސިޓީގެ ތެރެއަށް ފޭބުމުގެ ސަބަބުން 600 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
ގޯމާ ސިޓީއަކީ، މި ފަރުބަދައިގެ ދެކުނުން، ކިވު ކޯރު ފެންނަ ގޮތަށް އުހުގައި އޮންނަ ސިޓީއެކެވެ.
ޑރ ކޮންގޯގެ ކިވު ސިޓީގެ އުތުރުން އޮންނަ ގޯމާ ސިޓީއަކީ ރުވާންޑާ އަދި ޔޫގެންޑާއާއި އިންވެގެން އޮންނަ ސިޓީއެކެވެ. އަދި މި ސިޓީގައި 3،000 މީޓަރަށް އުސް 6 ފަރުބަދައެއް ހުރެެވެ.
ކޮމެންޓު ފޮނުވާ