ލަދުވެތިކަން ނެތް މީހާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ: ޒައިދު

ލަދުވެތިކަން ނެތް މީހާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ: ޒައިދު

ލަދުވެތިކަމެއް ނެތް މީހާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސްއަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ފޮޓޯތައް އާންމު ކުރި ކުރުމަށް ދީނީ ޢިލްވުވެރިޔާ ޝެއިޚް އަޅި ޒައިދު އަނެއްކާވެސް ފާޑު ވިދާޅު ވެއްޖެއެވެ.

ޒައިދު ވިދާޅުވި ގޮތުގައި، މީހަކު ފިރިހެނަކާ ދިމާލަށް ތީ ފިރިހެނެއް ނޫނޭ ބުނާ ކޮންމެ ފަހަރަކީ އައުރަ ކަޝްފު ކުރަންޖެހޭ ފަހަރެއްތޯ ސުވާލު ކުރައްވާފައެވެ.

އަދި ގަބޫލުކުރަންވީ އުސޫލަކީ މިއީތޯވެސް ޒައިދުވަނީ ސުވާލު ކުރައްވާފައެވެ.

ނަޝީދު އެލެކްސް އެކައުންޓުން ހާމަކުރެއްވި ފޮޓޯތަކުން ފެންނަން ހުރި ގޮތުގައި ގައިގެ އެކި ތަންތަން ޒަޚަމް ވެފައިވާއިރު، ގިނަ ޒަޚަމްތަކުން އުފެދުނު ފާރުތައް އަދިވެސް މުޅީން ހިކިފައެއް ނުވެއެވެ.

އަދި މި ފޯޓޯއަކީ، ޒަޚަމްތައް ފެންނަން ހުންނަ ނިވާކަން ކުޑަ ފޮޓޯއެއްކަން ފާހަގަ ކޮށްލެވެއެވެ.

ނަޝީދަށް ލިބިފައި އަނިޔާތައް ދައްކުވައިދޭ މި ފޮޓޯ އާންމު ކުރުމާއިއެކު، ބައެއް ފަރާތްތަކުންވަނީ، މި ފޮޓޯ އާންމު ކުރި ކުރުމަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުން ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓު ހަމަލާއިން ލިބުނު ޒަޚަމްތަކުގެ ފުންކަން ސާބިތު ކޮށްދޭން އަމިއްލަ ހަށިކޮޅުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ އައިބުކަމެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.

ނަޝީދަށް އަމާޒުކޮށް 6 މޭގައި ދެވުނު ޓެރަރިސްޓް ހަމަލާއިން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ޖަރުމަނުގެ ހަސްފަތާލެއްގައި އެޑްމިޓް ކޮށްފައި އޮންނެވުމަށްފަހު މިއަދު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ފުލުހުން ދަނީ މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިޔަށް ގެންދަވަމުންވެ. މިގޮތުން މިހާތަނަށް އައިއިރު މިމައްސަލައާއި ގުޅުން ހުރި 4 މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.

މިގޮތުން އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ، ހަރުކަށިން ފިކުރަށް ނިސްބަތްވާ މީހަކު ބ. ދަރަވަންދޫއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކޮންމެ ކަމެއް އެއީ ލަދުވެތިކަމަކަށް ހަދައިގެން ފޮރުވުމަކީ އަނިޔާވެރިކަމާއި ދޭތެރެޖެއްސުމަށް ލިބޭ ހިތްވަރެއް.

Leave a Reply

Your email address will not be published. Required fields are marked *