ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ ލާއިންސާނީ އަނިޔާ ގަބޫލު ނުކުރެވޭނެކަމަށް ރަޝިއާއިން ބުނެފި

ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ ލާއިންސާނީ އަނިޔާ ގަބޫލު ނުކުރެވޭނެކަމަށް ރަޝިއާއިން ބުނެފި

Author
ހުސެއިން
19 މެއި 2021 05:34
0

ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުވަމުންދާ ލާއިންސާނީ ހަމަލާތައް ގަބޫލު ނުކުރެވޭނަކަމަށް ބުނެ، ރަޝިއާގެ އިސް އޮފިޝަލުން އެގައުމުގައި ހުންނަވާ އިސްރާއީލުގެ ސަފީރަށް އިންޒާރު ދީފައިވާ ކަމަށް، ރަޝިއާގެ ފޮރިންގ މިނިސްޓްރީން ހާމަ ކޮށްފިއެވެ.

ރަޝިއާގެ ފޮރިންގ މިނިސްޓްރީން އިސްރާއީލަށް އިންޒާރު ދީފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަސްތީނަށް ތާއީދުކޮށް އެއްވުންތަކާއި މުޒާހިރާތައް ކުރިޔަށް ދަނިކޮށެވެ. މީގެތެރޭގައި އިންގިރޭސިވިލާތް އިތުރުން އެމެރިކާ، ޗިލީގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތައްވެސް ހިމެނެއެވެ. އަދި އިސްލާމީ ގިނަގައުމުތަކުގައިވެސް ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް އަދި ހަމްދަރުދީ ފާޅުކުރުމުގެ ގޮތުން ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނުގެނެސް ކުރިޔަށް ދާއިރު، ތުރުކީއިން ވަނީ ފަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި ބައިނަލް އަގުވާމީ ލަޝްކަރެއް އެކުލަވާލުމަށްވެސް އަރަބި ގައުމުތަކަށް ގޮވާލާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުނ،ް އިސްރާއީލުގެ އަސްކަރިއްޔާއިން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންދާއިރު، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކަށް ހުއްޓުމެއް ނުގެނެސް މިއަދުވެސް، ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އިސްރާއީލުގެ މިސައިލް ހަމަލާތަކުގައި، ބުދަ ދުވަހުވެސް ގާޒާގެ އެތަކެއް އިމާރާތްތަކެއް ބިމާއި ހަމަކޮށް، އަދި ފަލަސްތީނުގެ އެތައްބަޔަލު ޝަހީދު ކޮށްލާފައިވާއިރު، ހަމާސް ޖަމާއަތާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ޖަމާއަތްތަކުންވަނީ، މިއަދު ދެކުނު އިސްރާއީލުގެ އަވަށްތަކަށް އަމާޒުކޮށް ރެކްޓް ހަމަލާތައް ފިނުވާލާފައެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތުތަކެއް މިހާތަނަށް އިސްރާއީލުން ހާމަ ކޮށްފައެއް ނުވެއެވެ.

އަދި ބުދަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި، ހިފާފައިވާ ހުޅަގު އައްސޭރީގެ ބިންތަކުގައާއި އަދި އިރުމަތީ ޖެރޫސެލަމްގައި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް މުޒާހިރާ ކުރަމުންދިޔަ ފަލަސްތީނުގެ އާންމުންގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން ފަލަސްތީނުގެ 4 މީހަކު ޝަހީދުވެ އެތައް ބަޔަކުވަނީ ޒަޚަމް ވެފައެވެ.

އިސްރާއީލާ ހަމާސް ޖަމާއަތާ ދެމެދު މޭމަހުގެ 10 ވަނަ ދުވަހުންފެށިގެން ހިގަމުންދާ ހަމަލާ ބަދަލު ކުރުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 219 މީހަކު ވަނީ ޝަހީދު ވެފައެވެ. މީގެތެރޭގައި 63 ކުޑަކުދިންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން 1،500 މީހުން ވަނީ ޒަޚަމް ވެފައެވެ.

އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ގާޒާއިން އިސްރާއީލުގެ އަވަށްތަކަށް ދީފައިވާ ރޮކެޓް ހަމަލާތަކުގައި މިހާތަނަށް 12 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިން ހިމެނޭއިރު، މިހާތަނަށް މި ހަމަކާތަކުގައި 300 މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް އިސްރާއީލުން ހާމަ ކޮށްފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް މިސައިލް ހަމަލާ ދެމުންދާތާ 10 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، މިހަމަލާތައް ހުއްޓުވުމަށް މިހާތަނަށް ބައިނަލްއަގުވާމީ ގޮތުން ކުރެވެމުން އައި މަސައްކަތްތައް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އަދި މީގެއިތުރުން، މި ހަމަލާތައް ކުއްވެރިކޮށް، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ޔޫއެންއިން ގޮވާލުމަށް ކުރެވެމުންދާ މަސައްކަތްތައް އެމެރިކާއިން އަންނަނީ ހުއްޓުވަމުންނެވެ. އެމެރިކާއިން ބުނަމުން އަންނަނީ، ހަމަލާ ބަދަލުކުރުން ހުއްޓުމަކަށް ގެނެވޭނީ ސީދާގޮތުން ޑިޕްލޮމަސީގެ ބޭނުން ކޮށްގެންނެވެ.

އެހެންނަމަވެސް، ފްރާންސްއިން ބުނެފައިވަނީ، އެހގައުމުން ދަނީ، މިސްރާއި، އަދި އުރުދުން މެދުވެރިކޮށް ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.