ޗައިނާއިން މާރސްއަށް ފޮނުވި ޖައްވީ އުޅަދު ކާމިޔާބު ކަމާއެކު، ޖައްވީ ޕްލެނެޓް މާރސްގެ ބިމަށް ތިރިކޮށްފައި ވާކަމަށް ޗައިނާގެ ސްޓޭޓް މީޑިއާއިން ހޮނިހިރު ދުވަހު ހެދުނު ހާމަ ކޮށްފިއެވެ.
6 ފުރޮޅު ލީ، ޒޫރޮންގ ރޮބޯރޓް މާރސްގެ ބިމަށް ތިރި ކުރުމަށްޓަކާ އަމާޒަކަށް ހަދާފއިވަނީ، ބޮޑު ސަރަހައްދަކަށް ފެތުރިފައި، މާރސްގެ އުތުރު ހެމިސްފިއަރގައި އޮންނަ ޔޫޓޯޕިއާ ޕްލެނީޝިއާ ނަމަކަށް ކިޔާ ސަރަހައްދެކެވެ.
މާރސްގެ ބިމަށް ތިރި ކުރުމުގައި މި އުޅަދުން ބޭނުން ކޮށްފައިވަނީ، ރައްކާތެރިކަމާއެކު އޮތް ކެޕްސޫލްއަކާއި، ވައި ކުޑައެއްގެ އިތުރުން ރޮކެޓް ޕްލެޓް ފޯމެވެ.
މި ޖައްވީދު އުޅަދު މާރސްއަށް ތިރި ކުރުމުގެ މަސައްކަތުގެ ނުރައްކާތެރި ކަމާއި، އަދި ކުރިމަތިލާން ޖެހުނު ދަތި އުދަގޫތަކަށް ބަލާއިރު، މި ޖައްވީ އުޅަދު މާރސްގެ ބިމަށް ކާމިޔާބު ކަމާއެކު ތިރުކުރުން ވެގެން ދިޔައީ ވަރަށް ބޮޑު ކާމިޔާބީ އަކަށެވެ.
މިހާތަނަށް މާރސްގެ ބިމަށް އުޅަދެއް ފޮނުވާ ކާމިޔާބު ކަމާއެކު ބިމުގައި ޖައްސާފައިވާ ހަމައެކަނި ގައުމަކީ އެމެރިކާއެވެ. ޗައިނާއިން ފޮނުވި އުޅަދު މާރސްގެ ބިމަށް ތިރި ކުރުމާއެކު، ޗައިނާވެގެން ދާނީ ރިމޯޓުން ކޮންޓްރޯލް ކުރާ ރޯބޯޓިކް އުޅަދެއް މާރސްގެ ބިމަށް ތިރިކުރުމުގެ ފުރުސަތު ހޯދި ދެވަނަ ގައުމު ކަމުގައެވެ.
ޒޫރޮން (އަލިފާނުގެ ކަލާނގެ)ގެ ނަމުން ނަންދެވިފައިވާ މި އުޅަދު މާސްގެ ޖައްވަށް ގެންދެވިފައިވަނީ ޓިއަންވެން-1 އޯބިޓަރ އުޅަދުގައެވެ. މި އޯބިޓަރ އުޅަދު މާރސްގެ ޖައްވާއި ހަމައަށް ދަތުރު ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.
އެއަށްފަހު މި އުޅަދު ދިޔައީ، މާރސްގެ ބިމަށް ތިރިކުރާނެ ރަގަޅު ރައްކާތެރި ސަރަހައްދެއް ހޯދުމަށްޓަކާ ބޮޑު ސަރަހައްދަކަށް ފެތުރިގެން ގޮސްފައިވާ ޔޫޓޯޕިއާ ސަރަހައްދުގެ ހައި ރިޒޮލިއުޝަން ފޮޓޯތައް ނަގާ، ސްކޭންކޮށް ހޯދާ ބަލަމުންނެވެ.
މާރސްއާއި ދުނިޔެއާއި ދެމުދު މިވަގުތު ހުރި ދުރުމިނަކީ 320 މިލިއަން ކިލޯ މީޓަރެވެ. އޭގެ މާނައަކީ ރޭޑިއޯ މެސެޖްތައް މާރސްއިން ދުނިޔޭގެ ބިމަށް ފޯރަން ނަގާނީ 18 މިނިޓްގެ ވަގުތެކެވެ.
ޖައްވީ އުޅަދު ޒޫރޮންގ މާސްގެ ބިމަށް މިހާރު ކާމިޔާބު ކަމާއެކު ތިރިކޮށްފައި ވުމާއެކު، ސައިންޓިސްޓުން މިހާރުގެ އުއްމީދަކީ، މަރސްގެ ބިމުގައި ތަހުލީލުކުރުމަށް މަދުވެގެން މާރސްގެ މޫސުމުން 90 ދުވަސް ލިބިގެން ދާނެ ކަމަށެވެ. މާރސްގެ ބިމުގައި އެއް ދުވަހުގެ ވަގުތަކީ 24 ގަޑިއިރާއި 39 މިނިޓެވެ.
ޗައިނާއިން މާރސްއަށް ފޮނުވި މި އުޅަދު އެންމެ ވައްތަރީ 2000ގެ އަހަރުތަކުގައި އެމެރިކާއިން މާރސްއަށް ފޮނުވި ސްޕިރިޓް ނަމަކަށް ކިޔާ އުޅަދާއެވެ.
ޒޫރޮންގ އުޅަދުގެ ބަރުމިނަކީ 240 ކިލޯ ގްރާމެވެ. މި އުޅަދަށް ހަކަތަ އުފެއްދުމަށް ހަމަޖެހިފައިވަނީ، ލައްޕާ ހުޅުވޭގޮތަށް ހަރުކުރެވިފައިވާ ސޯލާރ ޕެނަލްތަކުންނެވެ.