ސާދިގް ޚާން ލަންޑަނުގެ މޭޔަރުކަން ދެވަނަ ފަހަރަށް ކާމިޔާބު ކުރައްވައިފި

ސާދިގް ޚާން ލަންޑަނުގެ މޭޔަރުކަން ދެވަނަ ފަހަރަށް ކާމިޔާބު ކުރައްވައިފި

Author
ހުސެއިން
09 މެއި 2021 03:38
0

ކުރިން ހީކުރެވިފައިވާ ވަރަށްވުރެ ވާދަވެރިކޮށް ކުރިޔަށްދިޔަ ލަންޑަނުގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބުކޮށް، މިހާރުވެސް އެމަގާމުގައި ހުންނެވި، ސާދިގު ޚާން ދެވަނަފަހަރަށް އެމަގާމް ދިފާއު ކުރައްވައިފިއެވެ.

ފާއިތުވެދިޔަ ބުރާސަފަތި ދުވަހު ބޭއްވުނު އިންތިޚާބުތަކުގައި އިނގިރޭސިވިލާތުގެ ލޭބައ ޕާޓީއަށް ގިނަ ނާކާމިޔާބީތަކެއް ލިބިގެން ގޮސްފައިވި ނަމަވެސް، އޭނާގެ މިކާމިޔާބީގެ ސަބަބުން ލޭބަރ ޕާޓީއަށްވަނީ ވަރަށްބޮޑު ދިރުމެއް އައިސްފައެވެ.

2016 ވަނަ އަހަރު ބޭއްވުނު މޭޔަރު ކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ހުޅަގުގެ ގައުމެއްގައި ވެރިކަން ކުރާ ސިޓީގެ މޭޔަރުކަން ކުރާ ފުތަމަ މުސްލިމް ބޭފުޅަކަށް އެނާ ވެވަޑައިގެންފައި ވާއިރު، މިއިންތިޚާބު އޭނާ ކާމިޔާބު ކުރައްވާފައިވަނީ ވޯޓު ލީމީހުންގެ %55.2 ކާމިޔާބު ކުރައްވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި، ވެރިކަން ކުރާ ޕާޓީ، ކޮންޒަވޭޓިވް ޕާޓީގެ ކެނޑިޑޭޓު، ޝައުން ބެއިލޭއަށް ކާމިޔާބު ކުރެވުނީ %44.8 އެވެ.

މިއިންތިޚާބުގައި ވޯޓު ލާން ނިކުމެފައިވަނީ، %42 މީހުންނެވެ. މިއީ 2016ގައި ވޯޓުލާން ނިކުތް މީހުންނަށްވުރެ މަދު އަދަދެކެވެ.

ޚާންގެ މުޅި ކެމްޕެއިންވެސް އޭނާ ބިނާ ކުރެއްވީ، 9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންޑަނުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެ ކަމުގެ ވައުދުގެ މައްޗަށެވެ.

އުމުރުން 50 އަހަރުގެ ޚާން ވިދާޅުވެފައިވަނީ، އޭނާގެ ދެވަނަ ދައުރު އޭނާ އަމާޒު ކުރައްވާނީ، ތަފާތު ކޮމިއުނިޓީތަކާ މެދު ގުޅުން ބަދަހި ކުރުމަށާއި އަދި ސިޓީ ހޯލާއި ސަރުކާރާ ދެމެދު ގުޅުން ބަދަހި ކުރުމަށް ކަމުގައެވެ.

ޚާން މަޝްހޫރު ވެވަޑައިގަތީ، އިގިރޭސިވިލާތް ޔޫރަޕުން ވަކިވުމާއި ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާއަކީ، ކޮންސަވޭޓިވް ޕާޓީގެ ކުރީގެ ބޮޑުވަޒީރަށްވެސް، އަދި އޭނާގެ ކުރިން ލަންޑަނުގެ މޭޔަރު ކަމުގައި ހުންނެވި، މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

އަދި އޭނާ ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޓްރަމްޕަށް އޭނާ ފާޑު ވިދާޅުވީ ޓްރަމްޕްގެ ވެރިކަމުގައި، ބައެއް މުސްލިމް ގައުމުތަކުން އެމެރިކާއަށް މުސްލިމުންނަށް ދަތުރު ނުކުރެވޭގޮތަށް ނިންމި ނިންމުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.