އެބުރި ގައުމަށް އަތުވެއްޖެނަމަ އޮސްޓްރޭލިއާ ރައްޔިތުންނަށް ވަނީ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިފަ

އިންޑިއާގައި ތިބި އޮސްޓްރޭލިއާ ރައްޔިތުން އެބުރި ގައުމަށް އަތުވެއްޖެނަމަ ޖަލު ހުކުމެއް

އިންޑިއާގައި ތިބި އޮސްޓްރޭލިއާ ރައްޔިތުން އެބުރި ގައުމަށް އަތުވެއްޖެނަމަ ޖަލު ހުކުމެއް

މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން، އިންޑިއާގައި ތިބި އޮސްޓްރޭލިއާގެ ރައްޔިތުން އެގައުމަށް އެތެރެވެއްޖެ ނަމަ، ބޮޑު އަދަދަކުން ޖުރިމާނާ ކުރާގޮތަށް ނުވަތަ ޖަލު ހުކުމަކާއި ކުރިމަތި ލާންޖެހޭގޮތަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމައިފިއެވެ.

"ވަގުތީ ނިންމުމެއްގެ ގޮތުގައި" ނިންމާފައި މި ނިންމުމަކީ، އޮސްޓްރޭލިއާއަށް އެގައުމުގެ ރައްޔިތުން އެބުރި އައުން މަނާކުރެވިގެން ދިޔަ ފުރަތަމަ ފަހަރެވެ.

މި ނިންމުމަކީ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއްގައުމު ކަމުގައިވާ އިންޑިއާގައި އާދަޔާ ޚިލާފަށް ކޯވިޑްގެ ހާލަތު ގޯސްވެ، ގިނަ އަދަދަކަށް މި ބަލީގައި މިހުން މަރުވަމުން ދިއުމާ ގުޅިގެން، އިންޑިއާއިން އޮސްޓްރޭލިއާއަށް މީހުން އެތެރެވުން ހުއްޓުމަށް އަޅަން ފަށާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެކެވެ.

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރ ގްރެގް ހަންޓްއާއި ހަވާލާދީ އޮސްޓްރޭލިއަން އެސޯޝިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ ސަރުކާރުން އަލަށް އެކުލަވާލި މި ގަވާއިދާ ޚިލާފްވާ ފަރާތްތައް 66،600 އޮސްޓްރޭލިއަން ޑޮލަރުން (51,800 އެމެރިކާ ޑޮލަރު) ޖޫރިމާނާ ކުރުން ނުވަތަ 5 އަހަރަށް ޖަލަށްލުން ނުވަތަ މި ދެއަދަބު އެއްފަހަރާވެސް ދޭންޖެހިދާނެއެވެ.

"ސަރުކާރުން މި ނިންމުންތައް އެހާ އާދައިގެ ނިންމުންތަކުގެ ގޮތުގައި ނުދެކޭނަން،" ހެލްތު މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި ހަންޓު ވިދާޅުވެފައި ވެއެވެ. "އޮސްޓެރޭލިއާގެ ރައްޔިތުންގެ އާންމު ސިއްޙަތަކީ ސަރުކާރަށް ވަރަށް މުހިންމުކަމެއް. އަދި ބޭނުމަކީ، ކަރަންޓީން ފެސިލިޓީތަކުގައި ތިބި ކޯވިޑް ބަލިމީހުންގެ އަދަދަ ބެލެހެއްޓޭނެ މިންވަރަކަށް ދަށްކުރުން،" ހަންޓު ވިދާޅުވަފައި ވާކަމަށް މީޑިއާއިން ރިޕޯޓު ކޮށްފައި ވެއެވެ.

ސަރުކާރުން މިނިންމި ނިންމުން މި މޭމަހުގެ 15 ވަނަ ދުވަހު އަލުން މުރާޖަޢާ ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *