ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރާއި އަދި އެކަލުން ކުރިމަތިވާ އެކި ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ރައީސުލްޖުމް ހޫރިއްޔާ ކަމުގައި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީން ފާސްކޮށް މިއަދު ތަޅުމަށް ހުށަހެޅުނު މައްސަލާގައި ސަރުކާރަށް ތާއީދު ކުރާ ގިނަ މެމްބަރުންވެސް ތާއީދު ކުރެއްވީ ކޮމިޓީން ހުށަހެޅި ގޮތަށް ބިލް ފާސް ކުރުމަށެވެ.
ނަމަވެސް ޞިއްޚީ ކުއްލި ހާލަތުގެ ގަރާރު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބިލަށް ގެނެސްފައިވާ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. މި އިސްލާހާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މި އިސްލާހަށް ތާއީދު ކުރައްވާފައެވެ. މިއާއިއެކު މަޖިލީހުގެ ތަޅުމުގައި ހޫނު ބަހުސްތަކެއްކޮށް އެމްޑީޕީގެ އެއްމެމްބަރަކު އަނެއް މެމްބަރަަށް ރައްދު ދެއްވާފައި ވެއެވެ.
މިބަހުސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވަނީ މިކަމުގައި ޒިންމާ ނަންގަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވިދާޅުވެފައެވެ. އަދި ޞިއްޚީ ކުއްލި ހާލަތު އިއުލާ ކުރުމުގެ ބާރު ޤާނޫނު އަސާސީގައި ބުނާގޮތަށް އޮންނަންވާނީ ރައީސުލްޖުމްހޫރިއއްޔާއަށް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވެސް ވިދާޅުވީ ޕަބްލިކް ހެލްތުގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫ ބަކުރަށް ރައީސް ޞާލިހްގެ ވެރިކަމުގެ ބޮޑު މުއްދަތެއްގައި ނަންގަވަން ޖެހޭ ހުރިހާ ޒިންމާއެއް ހަވާލު ކުރައްވައިގެން ހުންނެވި ކަމަށެވެ. ޤާނޫނީ ގޮތުން އޮތް މާއްދާއެއް ފާހަގަކުރައްވައިގެން އެ ގޮތަށް ގެންދެވިއިރު އެ ޒިންމާތައް ޤާނޫނަށް ރައީސަށް ދެވޭ ގޮތަށް އިސްލާހު ކުރަން އުޅުމުން އެ ކަމާ އިންކާރު ކުރައްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޞިއްޚި ކާލަތު މަތިކޮށް ރައީސް ޞާލިހު ހުރިހާކަމަކުން ރެކެވޭ ގޮތަށް ޤާނޫނު އޮތުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ޤާނޫނު އަސާސީގައިވެސް ކުއްލި ހާލަތެއް އިއުލާން ކުރެވޭ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެކަން އެނޫން ގޮތަކަށް ކުރެވޭނެ ބާރު ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށެވެ. އަދި އަދުވެސް ދިމާވެގެން އުޅޭ މައްސަލައަކީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ފުޑުފުޑުވެ އެތައް ރައްޔިތަކު ބިކަހާލުގައި ތިބި ހާލަތައްވާއިރު، މިކަންކަމަކީ ޞިއްޚި ބޭފުޅުންނަށް އެގޭނެ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިކަމަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާ ނަންގަނަވަންޖެހޭ ޒިންމާއެއް ކަމަށް ސައީދު ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ގާނޫނު އަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ޒިންމާއާއި ބާރުތައް ދެވިފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ޒިންމާތައް ވެސް އޮންނަން ވާނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި މިހާލަތުގައި ރައީސް ޞާލިހު ފިއްލަވައިގެން އޮންނެވި ނަމަވެސް ޒިންމާ ނަންގަނަވަން ޖެހޭނީ ރައީސް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ކޯވިޑާއި ގުޅިގެން ދިމާވާ ހުރިހާ މައްސަލަތަކެއްގެ ޒިންމާ ޞިއްޚީ ބޭފުޅުން ނަންގަންވަންޖެހޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއްކަމަށެވެ. ހުރިހާ ރީތި ނަމަވެސް ރައީސަށް ލިބިދޭއިރު ދިމާވާ ކަންކަމުގެ ޒިންމާވެސް ރައީސް ނަންގަވަންޖެހޭ ކަމަށެވެ.
ކޮމެޓީން ގެނައި އިސްލާޙުގެނެސްފައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކީ ކަމާގުޅުންހުރި މިނިސްޓަރު އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ބަދަލުގައި، ޤާނޫނު އަސާސީގެ 253ވަނަ މާއްދާއިން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއްކަމަށްވާތީ، އެމާއްދާގައިވާ ގޮތުގެމަތިން، އެއީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ގޮތުންންކަމަށް ކޮމިޓީ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް ކޮމިޓީ މަރުހަލާއިން އިސްލާޙު ގެނެސްފައިވާއިރު، ކޯވިޑް-19އާ ގުޅިގެން ޑިރެކްޓަރ ޖެނަރަލް އޮފް ޕަލްލިކް ހެލްތުގެ ލަފައާ އެއްގޮތަށް ހެލްތް މިނިސްޓަރަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ލިބިދީފައިވާތީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ތަމްސީލުކުރާ މަޖިލިސް މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ