ރާއްޖޭގައި އިންޑިޔާ ވޭރިއަންޓް އުޅެދާނެކަމަށް ބެލެވޭ: އެޗްއީއޯސީ

ރާއްޖޭގައި އިންޑިޔާ ވޭރިއަންޓް އުޅެދާނެކަމަށް ބެލެވޭ: އެޗްއީއޯސީ

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2021 02:33
0

އިންޑިޔާއިން މިހާރު ފެނިފައިވާ ކޯވިޑުގެ ނުރައްކާތެރި ވޭރިއަންޓް ރާއްޖޭގައި އޮތުމުގެ ފުރުސަތު އެބައޮތްކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ރަފީގާއި، ސްޓޭޓް މިނިސްޓަރ ޑރ.ޝާހު ވިދާޅުވީ ކޯވިޑްގައި އިންޑިއާގައި ފެތުރޭ ވޭރިއަންޓް ރާއްޖޭގައި އުޅުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އެކަން ދެނެގަތުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

ކޯވިޑްގެ އާ ވޭރިއަންޓްތަކާއި މިއުޓޭޝަން ވެސް އަންނާނެ ކަމަށާއި އިންޑިއާގައި ވެސް ދިމާވެގެން އުޅެނީ އެ މައްސަލަ. އެހެންވެ މިކަމަށް ސަމާލުވާންޖެހޭނެ ކަމަށާއި މިހާރުވެސް ގެންދަނީ ދިރާސާތައް ކުރަމުން.

– ޑރ.ޝާހު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވަނީ އިންޑީއާއިން ގިނަ ބަޔަކު ރާއްޖެއަށް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން އައިސް ރައްކާތެރިކަމުގެފިޔަވަޅު ތަކަށް ބޯނުލަބާތީކަމަށް ބައެއް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި މިކަމުގައި ކަމާއިބެހޭ ފަރާތްތަކަށްވެސް އެކަށީގެންވާ ފިތަވަޅުތަކެއް ނޭޅުމުންކަމަށެވެ. ބައެއް ރަށްރަށުގައި ކަރަންޓީނަށް އަންނަ މީހުން އެރަށުގައި ކަރަންޓީން ވެފައިވާ ގެއިން ބޭރަށްނިކުމެ ރަށު ތެރޭގައި އުޅޭކަމުގެ ޝަކުވާ ސޯޝަލް މިޑިޔާގައި އެކި ބޭފުޅުން ވަނީ ކޮށްފައެވެ.

އިންޑިއާއަށް މިވަގުތު ކޯވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެ އެޤައުމުގެ ސިއްޙީ ނިޒާމަށްވަނީ ނުތަކާފައެވެ. އިންޑިއާގެ އެކި ސަރަޙައްދުތަކަށް ބޭނުންވާ ބޭހާއި މެޑިކަލް އޮކްސިޖަން ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

މުޅި ދުނިޔޭގައިވެސް މިވަގުތު ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސް އެއްޤައުމަކީ އިންޑިއާއެވެ. އެޤައުމާމެދު މުޅި ދުނިޔެވެސްވަނީ ކަންބޮޑުވެ ޙަމްދަރުދީ ފާޅުކޮށް އެހީވަމުންނެވެ.

މިހާތަނަށް އިންޑިއާގައި ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 17.9 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވެއެވެ. މިބަލީގައި އެޤައުމުން މަރުވި މީހުންގެ ޢަދަދުވަނީ ދެލައްކައަށްވުރެ މައްޗަށް އަރާފައެވެ. އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވެ ބަލީގެ އިތުރު ވޭރިއެންޓުތައް ފެންނަމުން ދިޔުމާ ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް ސްޓޭޓުތަކުގައި އަންނަނީ ފުރަބަންދު ޢިއުލާންކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.