މާލެ ސަރަހައްދުގައި ބޮޑު އައުޓްބްރޭކެއް، ރައްކާތެރީ މާލެއިން ބޭރަށްނުދިއުން: ޑރ.ނަޒްލާ

މާލެ ސަރަހައްދުގައި ބޮޑު އައުޓްބްރޭކެއް، ރައްކާތެރީ މާލެއިން ބޭރަށްނުދިއުން: ޑރ.ނަޒްލާ

Author
މުޙައްމަދު ޝަޒައިމް
29 އޭޕްރިލް 2021 02:13
0

މާލެ ސަރަހައްދުގައި މިހާރު ކޯވިޑްގެ ބޮޑު އައުޓް ބްރޭކެއް އެބައޮތް ކަމަށާއި، އެންމެ ރައްކާތެރީ މާލޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ދަތުރެއްގައި ނޫނީ ރަށްރަށަށް ނުދިއުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސް ކުރައްވައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގައިވެސް ހިމެނި ވަޑައިގަންނަވާ ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްކަމަށެވެ. އޭނާ ވިދާޅުވީ 10 މާޗު މަހު ކޮވިޑް ޕޮޒިޓިވިޓީ ރޭޓް މާލެ ސަރަހައްދުގައި ތިން ޕަސެންޓުގައި ހުރި ނަމަވެސް މިހާރު ހުރީ 10 ޕަސެންޓްގައި ކަމަށެވެ. އަދި ފްލޫ ކްލިނިކުން ޕޮޒިޓިވިޓީ ރޭޓް 14 ޕަސެންޓަށް ވަނީ އަރާފައިކަމަށެވެ.

މިއަދަދުންވެސް މާލެ ސަރަހައްދުގެ އައުޓްބޭރެކެއް އޮތްކަން ފާހަގަކުރެވޭތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ޑރ.ނަޒަލް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ޚާއްސަކޮށް ކުރިއަށް އޮތީ އީދު ބަންދަށް ވާއިރު، އީދު ބަންދަށްވެސް ރަށްރަށަށް ނުގޮސް އަދި މާލެ ސަރަހައްދުގައިވެސް އެއްވެސް ވަރަކަށް ގިނަ މީހުން އެއްވާ އެއްވުން ނުބޭއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނަޒްލާ ވިދާޅުވީ ކޯވިޑްގެ އާ ވޭރިއަންޓްތަކާއި މިއުޓޭޝަން ވެސް އަންނާނެ ކަމަށައި އިންޑިއާގައި ވެސް ދިމާވެގެން އުޅެނީ އެ މައްސަލަ ކަމަށެވެ. އެހެންވެ މިކަމަށް ސަމާލުވާންޖެހޭނެ ކަމަށާއި މިހާރުވެސް ގެންދަނީ ދިރާސާތައް ކުރަމުން ކަމަށެވެ. މިކަމުގެ ނުރައްކާ ކުޑަކުރެވޭނީ ވެކްސިން ޖަހައިގެން ކަމަށްވާއިރު، ވީހާވެސް ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކުރެއްވުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑާއި ގުޅިގެން ޕޮޒިޓީވްވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު މިކަމުގައި އަދި އެއްވެސް ފިޔަވަޅެއް އެޅުމަށް އެޗްޕީއޭއިން ނިންމާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.