ކޯވިޑްގެ ކޭސްތައް މަތިވަމުންދާއިރު ފިޔަވަޅުތައް ހަރުކަށި ނުކޮށް، ވެކްސިންގެ ކަންކަން ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހު މާހިރު ވިދާޅުވީ މިވަގުތު އެޗްޕީއޭގެ ގައިޑްލައިންތަކަށް ބޯލެބުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އެނާ ވިދާޅުވީ މިވަގުތު އެންމެ މުހިންމު ކަމަކީ ވެކްސިން ފުރިހަމަ ކުރުންކަމަށެވެ. މިހާރުވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ދެވަނަ ޑޯޒް ނުޖަހައި 20،000 އަށްވުރެ ގިނަ މީހުން ތިބިކަމަށެވެ.
މިހާތަށް ދެޑޯޒް ރުފިހަމަ ކުރި މީހުންގެ އަދަދު 30 އިންސައްތަ އަށް އަރާކަމަށާއި، ނަމަވެސް އަމާޒަކީ ވެކްސިން ޖަހަންޖެހޭ އާބާދީގެ 70 އިންސައްތައަށްވުރެއް މަތި ކުރުންކަމަށެވެ. ޝާހް ވިދާޅުވީ ވެކްސިން ދޭންޖެހޭ އާބާދީގެ 67 ޕަސެންޓަށް އަދި ޖުމްލަ އާބާދީގެ 52 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށާއި މިއީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޝާހު ވިދާޅުވީ ވެކްސިނަކީ މިބަލީގެ މިވަގުތު އޮތް އެންމެ ރައްކާތެރި ފަރުވާކަމަށްވާއިރު މިފަރުވާއަށް އަވަސް ވެގަތުން މިހާލަތުގައި ވަރަށް މުހިންމުކަމަށެވެ. ރާއްޖޭގެ އަވަށްޓެރި އިންޑިޔާގައިވެސް ބަލި ފެތުރި އާވޭރިއަންޓް އޮތުމުން ނުރައްކާ އޮންނާނެކަމަށްދެތި ވެކްސިންގެ ކަންކަން ވީހާވެސް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޝާހު ވިދާޅުވީ މިހާލަތުގައު ހުރިހާ ރައްިތުންވެސް އާންމު ރައްކާތެރިކަމަށް އިސްކަންދީގެ ރައްކާތެރިކަމުގެ ފިޔަވަޅު ފަރުދީ ގޮތެއްގައި އެޅުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ