ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ ޚިޔާލު ތަފާތުވި ދުވަސް ވަރުގައިވެސް އިސްލަމީ މަރުކަޒުގައި އިމާމުގެ ތަރާވީސް ނަމާދު ކުރަން ފުރުސަތު ދިންކަމަށްޓަކައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރައީސް ނަޝީދަށް ޝުކުރު އަދާ ކުރައްވައްވައިފިއެވެ.
ރާއްޖޭގައި ތިއްބެވި އިލްމުވެރިންގެ ތެރެއިން ޑރ.ޝަހީމަކީ ގިނަބަޔަކު ޝަހީމް ދެއްވާ ދަރުސްތަކާއި، އިމާމުވެ ނަމާދު ކުރާއިރު ޝަހީމްގެ ފަހަތުގައި ތިބެ ނަމާދުކުރަން ބޭނުންވާ ބޭފުޅެކެވެ. އެންމެ ބޮޑު ސަބަބަކީ ދަމުނަމާދުފަދަ ދިގުކޮށް ކުރެވޭ ނަމާދުތަކުގައި ކީރިތި ޤުރުވާން ކިޔަވާ ވިދާޅުވާލެއް ފުރިހަމަ ކަމެވެ. ޑރ.ޝަހީމަކީ ރާއްޖޭގައި ތިއްބެވި އިލްމުވެރިންގެ ތެރެއިން އެންމެ ރީއްޗަށް އެކި ރާގު ރާގަށް ކީރިތި ޤުރުއާން ވިދާޅުވާ އެއްބޭފުޅާއެވެ.
މިއަހަރުގެ މިހިނގާ ރޯދަމަހުގެ ދަމުނަމާދު ކުރުމަށްވެސް ޑރ.ޝަހީމަށް ވަނީ ފުރުސަތު ދެއްވާފައެވެ. އެމަނިކުފާނުވެސް އަދި ގިނަ ދިވެހި ރައްޔިތުންވެސް އެންމެ ބޮޑަށް ގަބޫލުކޮށްގެންތިބީ ޝަހީމަށް އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ޑރ.ޝަހީމްއަށް މިފަހަރު ފުރުސަތު ލިބިވަަދައިގެންފއިވަނީ ހުޅުމާލޭގައި އަލަށް ޤާއިމް ކުރެވުނު މިސްކިތަކުންނެވެ.
މިފަހަރު އިމާމުވެ ދަމު ނަމާދު ކުރެވޭ ގޮތަށް ހަމަޖެހުނީ ހުޅުމާލޭ މިސްކިތެއްގައި. އަލަށް އިމާރާތްކުރި މިސްކިތެއްގައި (ދިގަލި މިސްކިތް) ފިތިރޯނުމަގު. އެމްޕީއެލް ކުރިމަތ. ރަމަޞާން މަހު 20 ވަނަ ދުވަހުގެ ރޭ ފެށޭނެ، 2:00 ގައި.
– ޝަހީމް ވިދާޅުވިއެވެ.
މިކަމަށް އިޝާރާތް ކުރައްވައި ޑރ.ޝަހީމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ ޚިޔާލު ތަފާތު އެއްބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. ނަމަވެސް އެދުވަސް ވަރުގައިވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދު ކުރުމުގެ ފުރުސަތު ނަޝީދު ދެއްވިކަމަށެވެ. ނަމަވެސް މިއަދު އެފުރުސަތު ލިބިފައި ނުވާކަން ފާހަގަކޮށް ޑރ.ޝަހީމް ވަނީ ރައީސް ނަޝީދަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޚިޔާލު ތަފާތިވިޔަސް މުހައްމަދު ނަޝީދު މަތިން ހަނދާން ވަނީ މިފަދަ ނުވަހެއްގައި. އެމަނިކުފާނުގެ ވެރިކަމުގައި އަޅުގަނާއި އެންމެ ޚިޔާލު ދުވަސް ވަރުވެސް އިސްލާމީ މަރުކަޒުގައި އިމާމުގެ ދަމު ނަމާދު ކުރަން ނިކަމެތި އަޅުގަނޑަށް ފުރުސަތު ދެއްވި. މިފަހަރު އެކަންވާ ގޮތެއްނުވި.
– ޝަހީމް ވިދާޅުވިއެވެ.
ރަމަޟާން މަހު ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ދަމު ނަމާދު 23 މިސްކިތެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
މާލޭ ސަރަހައްދުގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެކެވެ. ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ފަހު ދިހައެއްގައި ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދަމު ނަމާދަށް އަރައެވެ.
ކޮމެންޓު ފޮނުވާ