ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ ބޮޑު މައްސަލައެއްގައި މީހަކު ހޯދަން އެދިއްޖެއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދިގުވާނޑު، ގެރަދޫގެ، އަޙްމަދު އާދިލް (26އ) އެވެ. އޭނާ އަކީ ސިމްބޮލިކް ރެކޯޑްސްގެ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.
ފުލުހުން އޭނާ ހޯދަން އިއުލާން ކޮށްފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަޙްމަދު އާދިލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ