ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމާއިމެދު އަދިވެސް ދަނީ މަޝްވަރާކުރަމުން، ވަކިގޮތެއް ނުނިމޭ

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމާއިމެދު އަދިވެސް ދަނީ މަޝްވަރާކުރަމުން، ވަކިގޮތެއް ނުނިމޭ

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2021 12:54
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގޭބަންދަން ބަދަލު ކުރުމާއިމެދު އަދިވެސް ވަކިގޮތެއް ނިމިފައި ނުވާކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ކަރެކްޝަންގެ މީޑިޔާ އޮފިސާ ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށެވެ. ނަމަވެސް އަދި އެމަނިކުފާނު ގެއަށް ބަދަލު ކުރުމާއިމެދު ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލު ކުރުމާއި ގުޅޭ މަޝްވަރާތަކެއް މިއަދުވެސް ކުރިއަށް ގެންދިޔަކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. ނަމަވެސް މިބަދަލުވުމުގައިވެސް ވަކި ގޮތެއް ނިމިފައި ނުވެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ އާި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވައި ސިޓީ ލާފައެވެ.

ދާދި ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެދުވަހު ރައީސް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ދީދީ ސިޓީއެއް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާތީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގައި ގޮތްތަކެއް ނިންމަން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މިރޭވެސް ގިނަބަކު ވަނީ މާލޭގައި މުޒާހަރާ ކޮށްފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާ ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ވުމަށް ފަހުގައިކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.